ads
ހދ. ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދަން އެޅި ބިންގާ ވަޅުލާ މަހާނައަކަށް ހަދާފައި
ކުޅުދުއްފުށިން ސަރުކާރަށް މަލާމާތް، ފްލެޓް އަޅަން އެޅި ބިންގާ 'ވަޅުލައިފި'
ހދ. ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދަން މިދިޔަ ކައުންސިލް އިންތިހާބާއި ދިމާކޮށް ސަރުކާރު ވަޒީރުން ގޮސް އެޅި ބިންްގާ ބަޔަކު މީހުން ނުކުމެ މަހާނަ ގާ ޖަހާ ވަޅުލައިފިއެވެ.
Advertisement

ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓު އެޅުމަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް އެ ސީޓިގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވައުދެވެ. 

އެ މަސައްކަތް މިހާތަނަށްވެސް ފެށިފައި ނުވާއިރު މިދިޔަ ކައުންސިލް އިންތިހާބާއި ދިމާކޮށް ކުއްލިއަކަށް ވަނީ މާލެއިން ވަޒީރުން ހިމެނޭހެން އެރަށަށް ގޮސް އެ މަޝްރޫއުގެ ބިންގާ އަޅާފައެވެ. އިންތިހާބަށް ތިން ދުވަހަށް ވެފައިވަނިކޮށް އެ ރަށުގެ ހިއްކި ބިމުގައި ހައުސިން މަޝްރޫގެ ބިންގާ އަޅުއްވާދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމުގެ އިތުރުން އެޗްޑީސީގެ ވެރިންނެވެ.

މިއަދު ސޯޝަލް މީޑިއާގައި އާއްމުވެފައި ފޮޓޯތަކުން ފެންނަ  ގޮތުގައި ބަޔަކު މީހުން ވަނީ ނުކުމެ އެ ބިންގާ ވަޅުލާ އެތަން މަހާނައަކަށް ބަދަލުކޮށް އެތަނުގައި ދިދައާއި މަހާނަ ގާވެސް ޖަހާފައެވެ. އެ މަހާނަ ގަލުގައި ލިޔެފައި އޮތީ 'ކުޅުދުއްފުށީ ސިޓީ ޑރ. މުހައްމަދު މުއިއްޒުގެ 2،000 ހައުސިން ޔުނިޓް ވައުދުފުޅު'  މިހެންނެވެ. 

your imageހދ. ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދަން އެޅި ބިންގާ ވަޅުލާ މަހާނައަކަށް ހަދާފައި

އެ ސީޓީން ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުން މިއަދު ހެނދުނު އެތަނަށް ގޮސް މަހާނަ ގަލާއި ދިދަތައް މިހާރު ނަގާފައިވާކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;