ރައީސް އޮފީހުގައި، ވަކިން އަންހެނަކާއި ބައްދަލުކުރެއްވިކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް މުއިއްޒު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި ދޮގު ވާހަކަތައް ފެތުރި ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އަޅަން އެދޭކަމަށް އެމަނިފާނު ވާނީ ހާމަކުރައްވާފައެވެ.
ރާއްޖޭގެ ނޫހަކުން އާންމު ކުރި ވީޑިއޯއެއްގައި އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކާފައެވެ. އަދި ރައީސް އޮފީހުގައި ރައީސް އަށް ހާއްސަ މާލަމެއްގައި އިސްލާމީ އަހުލާގުން ބޭރު އަމަލުތަކެއް ރައީސްއާ އެކު ހިންގިކަމަށްވެސް އެ އަންހެން މީހާ އެ ވީޑިއޯގައި ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;