ads
އާދަމް ޝަރީފާއި ތާރިގު އަދި ދިޔާނާ
ވަކިވި ބައެއް ވަޒީރުން އެމްބަސީތަކަށް އައްޔަން ކުރާކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި
ދާދި ފަހުން ވަޒީރުންގެ މަޖިލީހުން އިސްތިއުފާދެއްވި އާދަމް ޝަރީފް އުމަރާއި ތާރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ބޭރު ގައުމެއްގެ އެމްސެޑަރުންގެ ގޮތުގައި އައްޔަންކުރާނެކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
Advertisement

ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރަށް ބަދަލުތައް ގެންނަވާނެކަން ރައީސް މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި ހިމެނުނު އާދަމް ޝަރީފާއި ތާރިގު އިބްރާހިމް ވަޒީރުކަމުން ކުއްލިއަކަށް އިސްތިއުފާދެއްވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.  

އެއަށްފަހު އާދަމް ޝަރީފް އުމަރާއި ތާރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އިއްޔެ ވަނީ އައްޔަންކުރައްވާފައެވެ. 

ވަކިވި ވަޒީރުން ސަރުކާރުގެ އެހެން މަގާމުތަކަށް އައްޔަން ކުރައްވަނީތޯ ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ވަޒީރުން މަޖިލީހުން އިސްތިއުފާދެއްވި ހުރިހާ ވަޒީރުންނަކީ ޕާފޯމަންސް ދަށްވެގެން ވަކިވެގެން ދިޔަ ވަޒީރުން ނޫންކަމަށެވެ. އޭގެތެރޭގައި ވަރަށް މަސައްކަތް ކުރެއްވި ވަޒީރުން ތިއްބެވިކަންވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

" ކޮންމެ ބޭފުޅަކު ވަކިކުރީކީ ޕާފޯމަންސް ދަށްވެގެނެއްނޫން، ހަމަ ވަރަށް ރަނގަޅަށް މަސައްކަތްކުރި ބޭފުޅުންވެސް އެބަތިބި އިނގޭތޯ، ވަރަށް ހިދުމަތްތެރި ރަނގަޅަށް މަސައްކަތްކުރި، އެހެން ނަމަވެސް ސަރުކާރުގެ ސައިޒް ކުޑަކޮށް ސަރުކާރު މަސައްކަތް ކުރަމުންދާ ގޮތް ބަދަލުކުރުމަށްޓަކައި އަޅުގަނޑު ނިންމި ބަދަލުތަކެއް އެއީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެ މޭރުމުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ވަޒީރުންގެ މަޖިލީހުން އިސްތިއުފާދެއްވި އާދަމް ޝަރީފް އުމަރާއި ތާރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ބޭރު ގައުމެއްގެ އެމްސެޑަރުންގެ ގޮތުގައި އައްޔަންކުރާނެކަމުގެ އިޝާރާތެއް ދެއްވާފައެވެ. 

" އެގޮތުން ތިން ގައުމަކަށް ހައި ކޮމިޝަނަރުންގެ ގޮތުގައި ފޮނުވުމަށް އެ ތިން ބޭފުޅުން މިހާރު އައްޔަންކުރެވިފައިވާ މަގާމަށް އެވަނީ އައްޔަންކުރެވިފައި. އެއީކީ އިތުރު މަގާމުތަކެއް ނޫން. ހުސްވެފަ ހުރި ނޫނީ އަންޔަން ކުރެވެފައި ހުރި ޕޮޒިޝަންތަކަކަށް މީހުން ލަނީ މި. " ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ހަރަދުކުޑަކުރަން މީހުން ވަކިކުރަން ނިންމި ނިންމުން ހަމަ ވަރަށް ހަރުކަށި ކަމެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެކަން ނިމުމުން ކޮންމެ އޮފީހެއްގައި ތިބި ސިޔާސީ މީހުންގެ އަދަދުތައް ހާމަކުރައްވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;