ads
ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާ - ފޮޓޯ/ދިރާގު
ދިރާގުން ހިއްސާއަކަށް 8.70 ރުފިޔާ ބަހަނީ
ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 8.7ރ. ދިނުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.
Advertisement

ދިރާގުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފައި ވަނީ ޖެން މޯލްޑިވްސް، މާލޭ ބައި ޝަންގްރިއްލާގައި، އެ ތަނަށް ހާޒިރުވެގެންނާއި އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށެވެ. އެ ޖަލްސާގައި 265 ހިއްސާދާރުން ބައިވެރިވުމަށް ރަޖިސްޓްރީވިއިރު އޭގެ ތެރޭގައި 136 ހިއްސާދާރުންނާއި 129 ހިއްސާދާރުންގެ ޕްރޮކްސީ ހިމެނެ އެވެ.

ޖުމްލަ 74،240،990 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާ އެކު، މި އަހަރުގެ ޖަލްސާގައި ހުށަހެޅި ފަސް ރިޒޮލިއުޝަން ވަނީ ހިއްސާދާރުންގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.

ދިރާގުގެ ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2025 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70 ރުފިޔާ ދިނުމަށް ހުށަހަޅައި ފާސްކޮށްފައި ކަމަށް ވެސް ދިރާގުން ބުންޏެވެ. 

އޭގެ ތެރޭގައި، މިދިޔަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66 ރުފިޔާ އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04 ރުފިޔާ ހިމެނޭކަން އެ ކުންފުނިން ފާހަގަކުރި އެވެ.

ޖަލްސާގައި ބައިވެރިވެ ވޯޓު ދިން ހިއްސާދާރުންގެ އަގުލަބިއްޔަތުން ފާސްކުރި ކަންކަން

  • 2025 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުމުގެ ރިސޮލިއުޝަން.
  • 2025 ވަނަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުމުގެ ރިސޮލިއުޝަން.
  • 2026 ވަނަ މާލީ އަހަރުގެ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމަށް ފާސްކުރުމުގެ ރިސޮލިއުޝަން.
  • 2026 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުމުގެ ރިސޮލިއުޝަން.
  • ކުންފުނީގެ 39ވަނަ އަހަރީ އާންމު ޖަލްސާ ނިމެންދެން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް، އާސިއަތް ރިލްވީނާ އިންތިހާބުކުރުން.

މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %1.8 އިތުރު އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;