ފުލުހުން ބުނީ އެކި މައްސަލަތަކުގައި ވެރިރަށް މާލޭގެ އެކި ތަންތަނުން ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 619,048 ރުފިޔާ ފުލުހުން ހޯދާފައިވާކަމަށެވެ.
އެގޮތުން މާލޭގެ އެކި ޕޮލިސް ސްޓޭޝަންތަކަށް މި މަހު 15 އާއި 21 އާ ދެމެދު ހުށަހެޅި ވައްކަމުގެ މައްސަލަތަކުގެ ތެރެއިން ޖުމްލަ 335،338ރ. ފުލުހުން އަނބުރާ ހޯދާދީފައިވާކަމަށެވެ. އަދި ހުޅުމާލޭ ޕޮލިސް ސްޓޭޝަންތަކަށް މި މަހު 1 އާއި 14 އާ ދެމެދު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ޖުމްލަ 283،710ރ. އަނބުރާ ހޯދާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މާލޭ ސްޓޭޝަންތަކުން ހޯދި ފައިސާ
ހުޅުމާލޭ ސްޓޭޝަންތަކުން ހޯދި ފައިސާ
މި މަހުގެ މިހާތަނަށް 715 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 196 މައްސަލައަކީ ވައްކަމުގެ މައްސަލަތައްކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;