ads
މަންދީ ގަޔަށް ކަޅުތެޔޮ ޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގއ. ދާންދޫ، ސަންލައިޓްވިލާ، އުމުރުން 20 އަހަރުގެ އަހުމަދު ރިޝްމާހް
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މީހާ ޑްރަގު މައްސަލައެއްގައި ހައްޔަރުކޮށްފި
އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރ މީހާ ދޫކޮށްލާފައި ހުއްޓާ ޑްރަގުގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
Advertisement

މަންދީ ގަޔަށް ކަޅުތެޔޮ ޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ/ ސަންލައިޓްވިލާ، 20 އަހަރުގެ އަހުމަދު ރިޝްމާހް އެވެ. އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސްވެސް ޖެހިއެވެ. އެކަމަކު، އޭނާގެ މައްޗަށް ކުރެވެނީ، ޖިނާއީ ކުޑަ ކުށެއްގެ ތުހުމަތުކަމަށް ބުނެ ކޯޓުންވަނީ ޝަރުތުކޮށް އޭނާ ބަންދުން ދޫކޮށްލާފައެވެ. 

އެނގިފައިވާ ގޮތުގައި އޭނާ އަނެއްކާވެސް ހައްޔަރުކޮށް މިހާރު ހުރީ ބަންދުގައެވެ. މި ފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލައެއްގައެވެ. 

2 ކިލޯއަށް ވުރެ ގިނަ ޑްރަގު ރާއްޖެއަށް އެތެރެކުރަނިކޮށް ހައްޔަރުކޮށްފައިވަނީ މެލޭޝިޔާ އަންހެނެކެވެ. އެ އަންހެން މީހާ ގެނައި ފޮއްޓަކީ ރައްޓެއްސަކު ދިން ފޮއްޓެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ މައްސަލައާއި ދެ ދިވެހިން ހައްޔަރުކޮށްފައިވާއިރު އޭގެތެރެއިން އެކަކީ އަހުމަދު ރިޝްމާހް ކަން ވަނީ އެނގިފައެވެ. އަދި އޭނާ ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައިކަންވެސް ވަނީ ޔަގީންކުރެވިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;