ads
އެމެރިކާގެ ރައީސް ޓްރަމްޕް - ފޮޓޯ: ގެޓީ
މަޝްވަރާއިން ކުރިއެރުމެއް ނުލިބެނީ އެމެރިކާގެ ދަހިވެތިކަމާއި އަމަލާއި ބަހާ ދިމާނުވާތީ!
އީރާނާއެކު ސުލްހައިގެ ވާހަކަތަކުން އެމެރިކާއަށް ކުރިއެރުން ނުލިބެނީ އެމީހުންގެ ދަހިވެތިކަމާއި އަމަލާއި ބަހާ ދިމާނުވާތީ ކަމަށް އީރާން މީޑިއާތަކުން ބުނެފި އެވެ.
Advertisement

ފެބްރުއަރީ 28 ގައި އިޒްރާއީލް/އެމެރިކާ އިސްވެ އީރާނަށް ހަމަލާ ދޭން ފެށުމުން އުފެދުނު ނުތަނަވަސްކަމުގެ އަސަރު ކުޑަކޮށް ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިސްވެ ބޭނުންވާތީވެ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިފަހުން ބޭއްވުނު ބައްދަލުވުމަކީ ފާއިތުވި ބައިގަރުނުގެ ތެރޭގައި އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވި ފުރަތަމަ ސީދާ ބައްދަލުވުމެވެ. 

އަދި މިއީ އިރާނުގައި 1979 ވަނަ އަހަރު ހިނގި އިސްލާމީ އިންގިލާބަށް ފަހު ދެ ގައުމުގެ ދެމެދުގައި ބޭއްވި އެންމެ މަތީ ފަންތީގެ މަޝްވަރާތަކެވެ. މި މަޝްވަރާތަކުގެ ނަތީޖާއަށް ބިނާވެފައި ވަނީ އީރާން އަށް ދެމުންދާ ހަމަލާތައް އެއްކޮށް ހުއްޓާލުމުގެ އެއްބަސްވުމާއި، ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ 20 އިންސައްތަ ހިއްސާކުރާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމެވެ.  

މި މަޝްވަރާތަކުން އަދި މާބޮޑޫ ކުރިއެރުން ތަކެއް ނުލިބިގެން އުޅޭ ސަބަބާއި ގުޅޭގޮތުން އީރާން މީޑިއާތަކުން ރިޕޯޓް ކުރަނީ އެމެރިކާގެ "އަމަލާއި ބަސް ދިމާނުވުން" މެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބެނީ އެމެރިކާގެ ދަހިވެތިކަމާއި އަމަލާއި ބަހާ ދިމާނުވާތީ އެވެ. 

އަދި މިހާރު އޮތް ހާލަތުގައި ނަތީޖާ ނެރެވޭނެ ފަދަ މަޝްވަރާއެއް ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ފަދަ އަސާސީ މައްސަލަތަކަށް ހައްލެއް ނުލިބި އޮތުމާ އެކު، މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، މިވަގުތަށް ނެރެވޭނެ އެންމެ އަވަސް ނަތީޖާއަކީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ކުޑަ ދުވަސްކޮޅަކަށް އިތުރުކުރުން ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

މަޝްވަރާތަކުގެ ދެވަނަ ބުރަކަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ތައްޔާރުވެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާއިރު، އީރާނުގެ ފޮރިން މިނިސްޓަރާއި އޭނާގެ ވަފުދުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކުރާނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ. 

ސުލްހައިގެ އުންމީދު އާވެފައި ވާއިރު އީރާނުން މިއަދު ވަނީ މާދަމާއިން ފެށިގެން އެ ގައުމުގެ ވެރިރަށް ތެހެރާންގެ އިމާމް ޚާމަނާއީ އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް ވެސް އަލުން ފަށަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ސަބަބުން ދެ ފަރާތުގެ މެދުގައި ހުރި ހިޔާލުތަފާތުވުންތައް ކުޑަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މަޝްވަރާތަކުގައި ބައިވެރިވާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ދެ ގައުމުން ވެސް މިހާރު ވަނީ އުސޫލީ ގޮތުން އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި އެމްއޯޔޫއެއްގައޮ ސޮއިކުރުމަށް ފަހު، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ފުރިހަމަ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވެ އެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ. އެމެރިކާއިން ހުށަހަޅާފައިވަނީ 20 އަހަރުދުވަހުގެ މުއްދަތަށް ނިއުކްލިއާ ހަރަކާތްތައް ހުއްޓާލުމަށެވެ.

ނަމަވެސް އީރާނުން ބޭނުންވަނީ އެއަށް ވުރެ ކުރު މުއްދަތެކެވެ. އަދި އެ ގައުމުން އުފައްދާފައިވާ މަތީ ދަރަޖައަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ބައެއް ބޭރު ގައުމުތަކަށް ފޮނުވުމާ މެދު އީރާނުން ދަނީ ވިސްނަމުންނެވެ.

އެމެރިކާ ބޭނުން ނަމަވެސް އީރާން އޮތީ "ނިއުކްލިއާ ހަރަކާތްތައް ހުއްޓާލުމަށް" އެމެރިކާ އެދޭ ކޮންމެ އެދުމަކަށް ބޯލަނބައި އެމެރިކާ އެދޭ ކޮންމެ ކަމެއް ކޮށްދޭ އެމެރިކާގެ ގޮނޑިކޮއްކޮ އަކަށްވާން ތައްޔާރަށް ނޫންކަމަށް އީރާންގެ ރައީސް ވިދާޅުވެ އެވެ.

އެމެރިކާ ކުރަމުންގެންދާ ޑިމާންޑުތަކުގެ އިތުރުން އެމެރިކާ ގެންދަނީ އިރުއިރުކޮޅަކުން އެގައުމުގެ ވިސްނުން ބަދަލުކުރަކުރަމުންކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ޓްރަމްޕް އެއްފަހަރު ދޭ ބަޔާން އަނެއް ފަހަރު ދޭ ބަޔާނާ ފުށުއަރާ، އެމެރިކާ އީރާންގެ ކިބައިން ހާސިލްކުރަން ބޭނުންވާ ކަންކަމަކީ މިނިވަން މުސްތަގިއްލު ގައުމަކަށް ގަބޫލުކުރެވޭނެ ކަންތައްތަކެއްނޫން" އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒެޝްކިޔާން ވިދާޅުވި އެވެ.

އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާއި ސިއްރު ޑިޕްލޮމެޓިކް މުއާމަލާތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާތީ، އެ ގައުމާ އެކު އޮތް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމެއް ވަރަށް އަވަހަށް ގާއިމުކުރެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަހުން ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕް ވަނީ އެމެރިކާ އެދޭ ހުރިހާ އެދުންތަކަށް އީރާން ދީލާލައިފާ ވާކަމަށް ބުނެ އެތައް ފަހަރަކު ވާހަކަ ދައްކާފައެވެ. އީރާންވަނީ ޓްރަމްޕް ހަދަނީ ކަނޑައެޅިގެން ދޮގުކަމަށާއި ޓްރަމްޕްގެ ދޮގުތަކަށް ރައްދުދިނުމަކީ ވަގުތު ބޭކާރު ކުރުންކަމަށް ސިފަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;