ads
ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި - ފޮޓޯ/ އެމްއޭސީއެލް
މި މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ދަށަށް ހިނގައްޖެ
މި މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 27 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރީ 110،000 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު ގާތްގަނޑަކަށް 40،000 ދަށް އަދަދެކެވެ.

ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަ ބައެއް ގައުމުތައް - އެޕްރީލް 22 ގެ ނިޔަލަށް

  • އިނގިރޭސިވިލާތް - 2026: 70،288| 2025: 84،191 - 16.5 ޕަސެންޓް ދަށަށް
  • އިޓަލީ - 2026: 63،144 | 2025: 71،517 - 11.7 ޕަސެންޓް ދަށަށް
  • ޖަރުމަނު - 2026: 51،113 | 2025: 61،149 - 16.4 ޕަސެންޓް ދަށަށް
  • އިންޑިއާ - 2026: 33،593 | 2025: 39،534 - 15 ޕަސެންޓް ދަށަށް
  • ފްރާންސް - 2026: 25،131 | 2025: 30،424 - 17.3 ޕަސެންޓް ދަށަށް
  • އެމެރިކާ - 2026: 19،502| 2025: 25،219 - 22.6 ޕަސެންޓް ދަށަށް
  • ސްވިޓްޒަލޭންޑް - 2026: 18،010 | 2025: 18،907 - 4.7 ޕަސެންޓް ދަށަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައީ 750،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް 790،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މެދުއިރުމަތީގެ ހަނގުރާމައާ އެކު ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. 

މެދުއިރުމަތީގައި އީރާނާއި އިޒްރޭލާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމަ ދިގުލައިގެން ހިނގައްޖެ ނަމަ، ދުނިޔޭގެ ޓޫރިޒަމްދާއިރާއި ތެލުގެ އަގަށް އަންނަ ބަދަލުތަކާ އެކު، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރަށް ދަށްވެ، ދައުލަތުގެ ރިޒާވްއަށާއި އިގްތިސާދަށް މިއަށްވުރެ މާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން އަންނަނީ ބުނަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;