ބެއިޖިންގައި ކުރިއަށްގެންދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއާޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގައި ކުރިއަށްދިޔަ މަޝްވަރާތަކުގެ "މިނިޓްސް އޮފް ދަ މީޓިންގ"ގައި މިހާރު ވަނީ ދެޤައުމުން ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމް މުހައްމަދެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސީއައިޑީސީއޭ) ގެ ޗެއާމަން ލިޔު ޖުންފެންގް އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ފައިނޭންސް އިންޓްރެސްޓަކާ ނުލައި ދޭން ޗައިނާއިން ވަނީ އެއްބަސްވެފަ އެވެ.
ޗައިނާ އަކީ ރާއްޖެ އަށް އެކި ގޮތްގޮތުން އެންމެ ބޮޑަށް އެހީވަމުން އަންނަ އެއް ގައުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;