ads
މީދޫ ވޯޓު މައްސަލަ ހުށަހެޅި ސުހާ، ކެމްޕެއިންގައި ފަސްޓްލޭޑީއާއެކު
މައްސަލަ ބޮޑުވި މީދޫ ވޯޓުގެ މައްސަލަ ހައިކޯޓަށް ބަލައިގެންފި
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގެ މައްސަލަ ހައިކޯޓަށް ބަލައިގަނެފި އެވެ.
Advertisement

ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ މައްސަލަ ބޮޑުވި އެއް ދާއިރާ ކަމަށްވާ ދ. މީދޫ ދާއިރާގެ ރައީސްގެ ވޯޓުގައި، އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.

އެހެންނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައިގައި އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ވަނީ، މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމާފައެވެ.

އެ ކޮމިޝަނުން އަލުން ވޯޓު ގުނުމުން އެއް ވޯޓުގެ ތަފާތުން ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީދޫ ކައުންސިލްގެ ވޯޓުގެ މައްސަލަ މިހާރުވަނީ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައެވެ. މި މައްސަލަ ހުށަހެޅީ ޕީއެންސީގެ ކެންޑިޑޭޓް ސުހާއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި މީދޫ ވޯޓުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ސުހާއަށް ލިބުނީ، 391 ވޯޓެވެ. ޝާހިދަށް 392 ވޯޓު ލިބުނު އިރު، އަމިއްލަ ގޮތުން ވާދަކުރި އިބްރާހީމް ނަސީމް، 100 ވޯޓު ހޯދިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;