ads
އަލިމަސް އިންސްޓިޓިއުޓުން ތައްޔާރުކުރި "ބަސްކާޑު" ނެރެފި
އަލިމަސް އިންސްޓިޓިއުޓުން ތައްޔާރުކުރި "ބަސްކާޑު" ނެރެފި
އަލިމަސް އިންސްޓިޓިއުޓްގެ ފަރާތުން އުފައްދާފައިވާ "ބަސްކާޑު" ސެޓު، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ނެރެދެއްވައިފި އެވެ.
Advertisement

އަލިމަސް އިންސްޓިޓިއުޓުން ބުނެފައި ވަނީ "ބަސްދަސް" އަކީ އިނގިރޭސި ބަސް ދަސްކުރުމަށް ބޭނުންކުރާ "ވޯޑް ކާޑް" އަސްލަކަށް ބަލައިގެން، ދިވެހި ބަސް ދަސްކޮށް ދިނުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެއް ކަމަށެވެ. 

މިއީ ދަރިވަރުންގެ މެދުގައި ދިވެހި ބަހަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް، މުނިފޫހިފިލުވުމުގެ ތެރެއިން ބަސް އުނގަންނައި ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް އެތަނުން ބުންޏެވެ.

މި ބަސްކާޑުތައް ހާއްސަކޮށްފައިވަނީ ތަތުލީމީ މަންހަޖުގެ ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 ގެ ދަރިވަރުންނަށެވެ. މީގެ ސަބަބުން ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދިވެހިބަހުގެ ލަފުޒުތަކާއި އޭގެ މާނަ ދަސްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;