ads
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން.
ހިތަދޫ އުތުރަށް ޕީއެންސީގެ ޕްރައިމަރީ ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.
Advertisement

މި ޕްރައިމަރީގައި ވާދަކުރަނީ ގޮނޑި ގެއްލުނު މުހައްމަދު ސިނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހުމަދު ސައީދެވެ. ސައިދަކީ މި މަހުގެ 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރައްވައިގެން ނާކާމިޔާބުވެވަޑައިގަތް ކައުންސިލަރެވެ.

ކޮންގްރެސް ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގެ އިންތިހާބުގެ ވޯޓްލުން އޮންނާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ޕީއެންސީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. ޕްރައިމަރީގައި 727 މީހަކަށް ވޯޓްލެވެ އެވެ.

ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައި އޮތީ އަންނަ ޖޫން މަހުގެ 6 ގަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އޭރުގެ އެ ދާއިރާގެ މެމްބަރު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ.

ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ޕީއެންސީން ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެ ޓިކެޓު، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ވަނީ ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;