ads
ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދޭ
ތެލަސީމިއާ ކުދިންގެ ގަޔަށް އެޅިފައިވަނީ ތަޣައްޔަރުވެފައިވާ ލެޔެއްނޫން: ބްލަޑް ސާވިސަސް
ތެލަސީމިއާ ކުދިންގެ ގަޔަށް ކުނިވެފައިވާ - ތަޣައްޔަރުވެފައިވާ ލޭ އެޅިފައިވާ ކަމަށް ބުނާ ވާހަކަތައް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ދޮގުކޮށްފި އެވެ.
Advertisement

ކުނިވެފައިވާ ލޭ ބައެއް މީހުންގެ ގަޔަށް އެޅިފައިވާ ކަމަށް ބުނެ ފެތުރިފައިވާ ވާހަކަތަކާ ގުޅިގެން ބްލަޑް ސާވިސަަސް އިން ނެރުނު ބަޔާނުގައި ވަނީ ކަން ހިނގައިދިޔަ ގޮތް ކިޔައި ދީފަ އެވެ. 

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 20ވަނަ ދުވަހު ތެލެސީމިއާ ކުދިންނަށް އަޅާފައިވާ ލެޔަކީ، ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިހުރި ލޭ ނޫންކަމުގެ ޔަޤީންކަން ސިއްޙީ ގޮތުން ބަލާއިރު އެނގޭ ކަމަށެވެ.


އެ ބަޔާނުގައިވާ ގޮތުން، ލޭ ރައްކާކުރާ ދެ ނަމްބަރު އައިސް އަލަމާރި އަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން އެނގުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 9:00 ގައި އެ އިދާރާ ބަންދުކުރި ފަހުން، އެ ރޭގެ 10:11 ހާއިރު އެވެ. އެކަން ފާހަގަވީ އެ ފްރީޒަރުގެ ޓެމްޕަރޭޗާ މޮނީޓާ ކުރާ އެލާޓް ސިސްޓަމުން އެލާޓު މެސެޖުތަކެއް ލިބެން ފެށުމުން ކަމަށް ބްލަޑް ސާވިސަސް އިން ބުންޏެވެ. 

"އެގޮތުން ކަމާ ގުޅޭ ފަސް މުވައްޒަފަކަށް އެލާޓް ދިއުމުން ތިން މުވައްޒަފަކު ފްރީޒަރު ހުންނަ ކޮޓަރި އަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހާޒިރުވެ ސްޓޭންޑްބައި ފްރީޒަރަކަށް ޖުމުލަ 12 ލޭ ޕެކެޓް ބަދަލުކޮށްފައި ވެ އެވެ،" ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނި، އާންމުގޮތެއްގައި ފްރީޒަރުގެ ފިނިހޫނުމިން ބަހައްޓަންވާނީ 2 އާއި 6 ޑިގްރީއާ ދެމެދުގެ ފިނިހޫނުމިނެއްގައި ކަމުގައިވިޔަސް ފިނިހޫނުމިން 11 ޑިގްރީ އަރާފައިވާކަން ފާހަގަވުމުން އެ މިންވަރުގައި ހުރީ ކިހާ ވަގުތެއް ވަންދެން ކަމެއް ސިސްޓަމުގައި އޮޓޯއިން ލޮގު ކުރެވިފައިހުރި ރެކޯޑުތައް ބަލައި ޗެކްކުރުމުންވެސް ސިސްޓަމުން ސާފުކުރެވިފައި ނުވާކަމަށެވެ.

ނަމަވެސް ފްރީޒަރަށް މައްސަލައެއް ދިމާވާ ހާލަތެއްގައި 10 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިނުވާގޮތަށް 4 ގަޑިއިރު ވަންދެން ރައްކާތެރިކަމާއެކު ފްރީޒަރުގައި ލޭގެ ޕެކެޓްތައް ބެހެއްޓޭނެކަން ސިއްޙީ މިންގަނޑަކުން އެނގެން އޮންނަކަމަށެވެ.

އެހެންކަމުން މިމަހުގެ 20ވަނަ ދުވަހު ތެލެސީމިއާ ކުދިންނަށް އަޅާފައިވާ ލެޔަކީ، ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިހުރި ލޭ ނޫންކަމުގެ ޔަޤީންކަންއޮތްކަމަށް ބުންޏެވެ.

ބްލަޑް ސާވިސަސް އިން ބުނީ ތިން މީހުންގެ ގަޔަށް ލޭ އެޅުމުގައި ޝާމިލްވި މީހުން ހޯދައި، ތަހުގީގު ކުރަން ވަގުތުން ފެށި ކަމަށެވެ. އެގޮތުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ތަހުގީގު ޓީމެއް އެކުލަވާލައި، މިދިޔަ ހޯމަ ދުވަހު ތަހުގީގު ފެށި ކަމަށް ބަޔާނުގައި ވެ އެވެ. 

އަދި އެ ތަހުގީގަށް ހޯދުނު މައުލޫމާތުތަކުގެ އަލީގައި އެކަކު ތަހުގީގުގެ ބޭނުމަށް އޮފީހަށް ނުކުތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަނާކުރި ކަމަށް ބްލަޑް ސާވިސް އިން ބުންޏެވެ. އެއީ ލޭ އެޅުމުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި މުވައްޒަފެެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ލޭ އެޅުމުގެ ކުރިން އަންގަންޖެހޭ މައުލޫމާތު އެންގުމުގައި އިހުމާލުވުން ކަމަށް ބްލަޑް ސާވިސްގެ ބަޔާނުގައި ބުންޏެވެ. 

ބްލަޑް ސާވިސަސް އިން އިތުރަށް ބުނީ، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އާއި ޓެކްނިކަލް މައްސަލަ ދިމާވި ފްރީޒަރުގައި ހުރި ލޭ ޕެކެޓުތައް އެޅި ތިން މީހުންގެ ތެރެއިން އެކެއްގެ އާއިލާ ހިމެނޭ ގޮތަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް އިން ބައްދަލުކޮށް ކަންބޮޑުވުންތައް އަޑު އެހި ކަމަށެވެ. އެ ވަގުތާ ހަމައަށް ހާމަކުރެވެން ހުރި ސައްހަ އަދި ފުރިހަމަ މައުލޫމާތު ފޮރުވުމެއް ނެތި އެ ފަރާތްތަކަށް ދިން ކަމަށް ބްލަޑް ސާވިސަސް އިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;