ads
މާލޭ މޭޔަރު އާދަމް އާޒިމް
މުޒާހަރާ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި
މުޒާހަރާ ތެރެއިން މާލޭ މޭޔަރު އާދަމް އާޒިމަށް ހަމަލާދީފިއެވެ.
Advertisement

ސަރުކާރާ ދެކޮޅަށް އެމްޑީޕީން ސިލްސިލާކޮށް ފަށާފައިވާ އިހުތިޖާޖުގެ ރޭގެ ހަރަކާތް ލީޑު ކުރައްވަމުން ގެންދެވީ އާޒިމްއެވެ.  

އާޒިމަށް ހަމަލާދިން މީހަކު މަސައްކަތް ކުރާ މަންޒަރުގެ ވީޑިއޯވަނީ އާއްމުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާޒިމަށް ހަމަލާދިނީ ހެންވޭރު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށެވެ. 

މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް، ކުރިމައްޗަށް އެރި ޒުވާނަކު ކުއްލި ގޮތަކަށް އާޒިމް މޭގައި ޖަހައި ހަމަލާ ދިނުމާއެކު މުޒާހަރާގެ ބައިވެރިން އޭނާ ދުރުކޮށް އޭނާއަށް ހަމަލާދިން މަންޒަރުވަނީ ފެނިފައެވެ. 

އާޒިމަށް ދިން ހަމަލާގައި އޭނާއަށް އަނިޔާއެއްވި މަންޒަރެއް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާއަށް އަނިޔާވީ ކަމެއް ނުވަތަ ނޫން ކަމެއް އެނގިފައެއް ނުވެއެވެ. 

އެމްޑީޕީއިން މާލޭގައި ކުރިއަށް ގެންދިޔަ ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީ މޭޔަރ އާދަމް އާޒިމަށް ދިން ހަމަލާ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވަނީ ކުށްވެރި ކުރައްވާފައެވެ. ޝާހިދުވަނީ އެ ހަމަލާ ތަހުގީގުކުރުމަށާއި، ވެރިރަށް މާލޭގެ މޭޔަރަށް ދޭން ޖެހޭ ފުރިހަމަ ރައްކާތެރިކަން ދިނުމަށް އަދި ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގޭނެ މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުންނަށާއި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;