ads
ނަފްސާނީ އެހީތެރިކަމެއް ބޭނުންވާނަމަ ލަސްނުކޮށް 1677 އަށް ގުޅާ: ހެލްތު
ނަފްސާނީ އެހީތެރިކަމެއް ބޭނުންވާނަމަ ލަސްނުކޮށް 1677 އަށް ގުޅާ: ހެލްތު
ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތެއްނަމަ، ލަސްނުކޮށް ނޭޝަނަލް މެންޓަލް ހެމްތު ހެލްޕްލައިން 1677 އަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
Advertisement

ހިތާމަވެރި މަރުގެ ހާދިސާތަކެއް ހިނގާފައިވާ މި ދަނޑިވަޅުގައި އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި، ވަނީ މިފަދަ ނާޒުކު ވަގުތުތަކުގައި ހަގީގަތާއި ހިލާފު، ކަށަވަރުނުވާ ދޮގު މަޢުލޫމާތާއި އެހެން މީހުންނަށް އަސަރު ކުރުވާފަދަ ހިތްދަތި މަންޒަރުތައް އެކުލެވޭ ފޮޓޯތަކާއި ވީޑިއޯތައައް ފަދަ ތަކެތި ފެތުރުމުން ދުރުހެލިވުމަށް އާންމުންނަށާއި މީޑިއާތަކަށް ގޮވާލާފައި އެވެ.

"އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ޙާދިސާތަކާ މެދު ނުހަނު ބޮޑަށް ކަންބޮޑުވަން. މި ދަނޑިވަޅުގައި، އެކަކު އަނެކަކަށް ހަމްދަރުދީއާއި، ޒިންމާދާރުކަމާއެކު އޯގާތެރިކަމާއެކު މުއާމަލާތް ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން،" ބަޔާނުގައި ވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

"އާއިލާތަކާއި ރައްކާތެހިން އަދި މުޅި މުޖުތަމައު ގުޅިގެން އެކަކު އަނެކެއްގެ ހާލުބަލައި، އެއްވެސް ތަފާތުކުރުމެއް ނެތި އަޅުލުމަށް ބާރުއަޅަން. އަނެކާގެ ވާހަކަ ކަނުލާ ަޑުއަހާލުމަކީ ނުވަތަ ދެވޭ އޯގާތެރިކަމަކީވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ،" ހެލްތު މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީން މިހާރު ދަނީ ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންނެވެ. އަދި މުޖުތަމަޢަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ އަރުވާފަ އެވެ.

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިފަދަ އިލްތިމާސްކޮށްފައިވާއިރު، ދާދި ފަހުން ވަނީ ވަނީ މިފަދަ ހިތާމަވެރި ހާދިސާތަކެއް ހިނގާފައެވެ. އަދި އެ ހާދިސާތަކުގެ ވީޑިއޯއާއި ފޮޓޯތައް އެކި ފަރާތްތަކުން ގެންދަނީ އަދި ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. މިފަދަ ކަންކަން ނުކުރުމަށް މީގެ ކުރިން ވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;