ސައުދީ އަރަބިއްޔާ އަށް ނިސްބަތްވާ އާސިމަކީ ދުނިޔޭގައި މަޝްހޫރު އަދި ނުފޫޒު ގަދަ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ ދަރުސްތަކާއި ސުވާލާއި ޖަވާބު ދޭ ޕްރޮގްރާމްތަކުގެ ވީޑިއޯތަކަކީ ސޯޝަލް މިޑިއާތަކުގައި އެތައް މިލިއަން މީހުން ބަލަ އެވެ.
ޝައިހް އާސިމް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ފަސް ސިޓީގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަރުސްތަކަށްފަހު އާންމުންގެ ސުވާލުތަކަށް ފުރުސަތު ދޭން ވަނީ ނިންމާފަ އެވެ.
އޭނާ މާލެ ވާޑައިގަންނަވަނީ އަންނަ ހޯމަ ދުވަހު އެވެ. އަދި އަންގާރަ ދުވަހުން ފެށިގެން ޓުއާ ފަށާނެ އެވެ. ފުރަތަމަ ދަރުސް ދިނުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީގައި ކަމަށް ދަ ޓްރެވަލާ އިން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;