ads
ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރުމުގެ މަރުހަލާ ލުއިފަސޭހަކޮށްދީފި
މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލުއިފަސޭހަ ތަޖުރިބާއެއް ހޯދައިދިނުމަށްޓަކައި، "މޯލްޑިވްސް 2.0" އިނީޝިއޭޓިވްގެ ދަށުން ފަތުރުވެރިންގެ ވިސާ މުއްދަތު އިތުރުކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކޮށްފި އެވެ.
Advertisement

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިންގެ ވިސާ މުއްދަތު އިތުރުކުރުމުގެ އައު އުސޫލުގެ ދަށުން، އިމިގްރޭޝަންގެ ސިސްޓަމްގައި ކުރިން ހިމެނިފައިވާ މައުލޫމާތުތައް ވިސާއަށް އެދޭއިރު އަލުން ފުރާކަށް ނުޖެހޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ. 

ޕާސްޕޯޓުގެ މައުލޫމާތާއި، ފަތުރުވެރިޔާ ހުންނަ ތަނުގެ ރެކޯޑުތައް ފަދަ މުހިންމު ތަފްސީލުތައް ސިސްޓަމުން އަމިއްލައަށް ފުރާނެކަމަށާއި، ވިސާއަށް އެދުމުގެ މަރުހަލާ މިހާރު ކުރިއަށްވުރެ އަވަސްވެފައި ފަސޭހަވާނެކަމަށްއިމިގްރޭޝަނުން ބުންޏެވެ. 

އިމިގްރޭޝަނުން ވިދާޅުވީ، ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަތުރުވެރިންނަށް "އިމުގާ" ޕޯޓަލް މެދުވެރިކޮށް އެ ހިދުމަތަށް އެދި ހުށަހެޅޭނެކަމަށެވެ.

އެގޮތުން ޕާސްޕޯޓު ނަންބަރު ޖެހުމުން ނުވަތަ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ އަޕްލޯޑު ކުރުމުން، އެ ފަރާތެއްގެ މައުލޫމާތުތައް ސިސްޓަމުން ހޯދައިދޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ނަގާފައިވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް ހުށަހަޅަން ޖެހޭނެކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

ވިސާގެ ކަންކަން ނިންމުމަށް ހޭދަވާ ވަގުތު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. މީގެ ކުރިން އެ ޕްރޮސެސް ފުރިހަމަކުރަން ފަސް ދުވަސް ހޭދަވެ އެވެ. އެކަމަކު، އަލަށް ގެނައި ބަދަލުތަކާއެކު ދެ ދުވަސް ނުވަތަ 48 ގަޑިއިރުގެ ތެރޭގައި ވިސާ މުއްދަތު އިތުރުކޮށް، އެޕްރޫވްކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. 

މި ބަދަލުތައް އިމިގްރޭޝަނުން ސިފަކުރީ، ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;