އައްޑޫ ސިޓީ ގެއެއްގައި ރޯވެ ބޮޑު ގެއްްލުމެއް ލިބިއްޖެއެވެ.

Advertisement
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އައްޑޫ ސިޓީ މަރަދޫ މިރިޔާސްގޭގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 01:50 ހާއިރުކަމަށެވެ. އެއާއި އެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިކަމަށެވެ. އަދި ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ރޭ 02:25 ހާއިރުކަމަށް އެމްްއެންޑީއެފުން ބުނެއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.