ނާޒިމް ހިމެނިވަޑައިގަތީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ (241) ކޮމެޓީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީ (އެސްއޯއީ) ކޮމެޓީގައެވެ.
މަޖިލީހުގެ ވެބްސައިޓްގައިވާ ގޮތުން މާލިއްޔަތު ކޮމެޓީ ގައި ނާޒިމްގެ ނަން ހިމަނާފައިވަނީ ކޮމިޓީގައި ކުރިން މަސައްކަތް ކުރެއްވި މެންބަރުންގެ ތެރޭގައެވެ. އަދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ގައިވެސް ނާޒިމްގެ ނަން ހިމަނާފައިވަނީ ކޮމިޓީގައި ކުރިން މަސައްކަތް ކުރެއްވި މެންބަރުންގެ ތެރޭގައެވެ. އެހެންނަމަވެސް ދެން ނާޒިމް ހިމެނޭ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ (އެސްއޯއީ)ގައި ނާޒިމް ނަން އެބައޮތެވެ.
ކޮމެޓީތަކަށް ބަދަލު އައުމުން މަޖިލީހުގެ ޖަލްސާގައި އެކަން އިއުލާންކުރެއެވެ. އެހެންނަމަވެސް މިދިޔަ ހަފްތާއާއި މިއަދުގެ ޖަލްސާގައިވެސް މަޖލީހުގެ ރިޔާސަތު ނާޒިމް ބެލެހެއްޓެވިނަމަވެސް ކޮމެޓީތަކަށް އައި ބަދަލުތައް އިއުލާންކޮށްފައެއް ނުވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;