ads
ނުކުޅެދޭ މީހަކަށް ޖިންސީ ގޯނާކޮށްގެން ޖަލަށްލީ ޢަބްދުﷲ ވަޙީދު މޫސާ
ނުކުޅެދޭ މީހަކަށް ޖިންސީ ގޯނާކުރި ދުވަސްވީ މީހެއް 18 އަހަރަށް ޖަލަށް
ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.
Advertisement

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ފުނާޑު.ނަވާ / ޏ. ފުވައްމުލައް، އަބްދުﷲ ވަހީދު މޫސާ (58އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލަ ނިންމާ މި މީހާގެ މައްޗަށް ކޯޓުންވަނީ އިއްޔެ ހުކުމްކޮށްފައެވެ. މި ކުށުގެ އުގޫބާތެއްގެ ގޮތުން އަބްދުﷲ ވަހީދު މޫސާ 18 އަހަރަށް ޖަލަށްލުމަށް ކޯޓުން ނިންމި ނިންމުމުގައިވެއެވެ. މި މައްސަލާގައި އޭނާ ބަންދުގައި ވަނީ  1 އަހަރާއި 7 މަހާއި 9 ދުވަސް ހުރެފައެވެ. އެހެންކަމުން އޭނާ ހުކުމުން އެބައި އުނިކުރުމުން ޖަލުގައި ހުންނަން ޖެހޭނީ 16 އަހަރާއި 4 މަހާއި 21 ދުވަހެވެ.


މި މައްސަލައަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއްކަމަށް ފުލުހުން ބުނެއެވެ. މިފަދަ ކުށްތަކުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން ގެންދާނެކަމަށް ފުލުހުން ބުނެއެވެ.


 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;