ads
ޝިޔާމް
ޝިޔާމަށް މުސާރަ ދޭން ހުކުމް ކުރި ބައި އިސްތިއުނާފު ކުރަނީ
އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި 12 އަހަރުގެ މުއްދަތަށް މުސާރަ އާއި އިނާޔަތް ދޭން އަމުރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ހިލާފަށް ކަމަށްބުނެ، އެ ބައި އިސްތިއުނާފުކުރަން ނިންމައިފި އެވެ.
Advertisement

ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުރެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް މެއި 2014 ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން އަންގަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ހައިކޯޓުން ކުރި ހުކުމުގައި ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން އަމުރުކޮށްފައިވެ އެވެ.

އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން، 12 އަހަރުގެ މުސާރަ އާއި އިނާޔަތް ދިނުމަށް ހުކުމުގައި އަންގާފައި އޮތީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ހިލާފަށް ކަމަށް ބުނެ، އޭޖީ އޮފީހުންވަނީ އެ ބައި އިސްތިއުނާފު ކުރަން ނިންމައިފައެވެ.

ޝިޔާމަށް ވަޒީފާ އަލުން ދޭން ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮންނާނީ ދައުލަތަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;