މުހައްމަދު ޝަރީފް ވިދާޅުވީ އެނިންމުންތަކަކީ، ބޭންކުގެ ބޯޑުގައި މަޝްވަރާކުރެވި، ބޭންކަށް ފައިދާ ލިބޭނެކަމަށް އަންދާޒާކޮށް ނިންމާފައިވާ ނިންމުންތަކެއްކަމަށެވެ.
އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އޭޓީއެމް ނެޓްވަރކް ފުޅާކުރުމާއި ގެދޮރުވެރިކަމުގެ ސިނާޢަތަށް ބޭންކުން ވަންނަން ނިންމުމާއި ގުޅިގެން ބޭންކުން އެކަން ކުރަނީ ސިޔާސީ ނުފޫޒާއި އެކުގައި ކަމަށް ބުނެ ތުހުމަތު ކުރިކަމަށާއި ނަމަވެސް އެކަން އެގޮތަށް ކުރަން ނިންމީ ބޭންކުގެ ބޯޑުގައި މަޝްވަރާކުރެވި، ބޭންކަށް ފައިދާ ލިބޭނެކަމަށް އަންދާޒާކޮށް ނިންމާފައިވާ ނިންމުންތަކެއްކަމުގަ އެވެ.
މިއަދު ބޭންކުގެ އިސްވެރިން ނޫސްވެރިންނާއި ބައްދަލުކުރައްވަން ބޭއްވި ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެފަދަ ވާހަކަތަކެއް ދެކެވޭ މައިގަނޑު ސަބަބެއްކަމަށް ގަބޫލުކުރައްވަނީ ބޭންކުގެ އޭޓީއެމް ނެޓްވާކް ފުޅާކުރުމާއި އަދި ގެދޮރުވެރިކަމުގެ ސިނާއަތަށް ބޭންކުން ވަނުމުންކަމަށާއި އެހެންނަމަވެސް އެއީ ސިޔާސީ ނިންމުންތަކެއް ނޫންކަމަށާއި އެއީ، ބޭންކުގެ ބޯޑާއި މަޝްވަރާކުރެވި ނަގާފައިވާ ވިޔަފާރީގެ ނިންމުންތަކެއްކަމުގަ އެވެ.
ބޭންކުން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުންވަނީ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފަ އެވެ. ހަމައެއާއެކު ގެދޮރުވެރިކަމުގެ ދާއިރާއިން ހޯމް ކޮންސްޓްރަކްޝަން ލޯނު ދޫކުރަން ބޭންކުން ވަނީ ފަށާފަ އެވެ.
އަދި އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބީއެމްއެލްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ބީއެމްއެލްއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާއާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެ މުއްދަތުގައި ލިބުނު ނަތީޖާއަކީ، ޖެހިޖެހިގެން ދެ އަހަރު ރެކޯޑް މިންވަރަކަށް ބޭންކަށް ލިބުނު ކުރިއެރުމަށްފަހު، ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ހާމަކޮށްދޭ ނަތީޖާއެއް ކަމަށެވެ. އެގޮތުން، ބޭންކުގެ 43 އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި މިދިޔަ އަހަރު ނިންމާލުމަށްފަހު، މާލީ އާ އަހަރާ ބޭންކުން ކުރިމަތިލީ އެ ކާމިޔާބީ ދެމެހެއްޓުމުގެ އަޒުމުގައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެ ބަޔާނުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު އެ ބެންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސާފު ފައިދާއަށް ލިބިފައިވަނީ 497 މިލިއަން ރުފިޔާ ކަމަށްވާއިރު، އެއީ އެ މުއްދަތާ އަޅައިބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ކަމަށް އެ ބެންކުން ބުންޏެވެ.
ބީއެމްއެލްއިން ބުނީ ބެންކުގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށާއި އެއީ، ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު އާމްދަނީއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;