ads
ބީއެމްއެލްއިން މި ވަނީ ލޯނު ނެގޭ އުމުރު 75 އަހަރާ ހަމައަށް މަތިކޮށްފި
ބީއެމްއެލްއިން ލޯނު ނެގޭ އުމުރު 75 އަހަރާ ހަމައަށް މަތިކޮށްފި
ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސްއިން (ބީއެމްއެލް) އިން ލޯނާއި ފައިނޭންސިން ދޫކުރާ އެންމެ މަތީ އުމުރުފުރާ 75 އަހަރަށް މަތިކޮށްފިއެވެ.
Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ބޭންކުގެ ބޯޑުން އިއްޔެ މުހިންމު ނިންމުންތަކެއް ނިންމާފައިވާކަމަށެވެ. އެގޮތުން އެންމެ މުހިއްމު ނިންމުމެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވީ ބޭންކުން ލޯނާއި ފައިނޭންސިން ދޫކުރާ އެންމެ މަތީ އުމުރުފުރާއަށް ގެނައި ބަދަލެވެ. 

ބޭންކުން މިހާތަނަށް ލޯނު ދޫކުރަމުން އައި އެންމެ މަތީ އުމުރަކީ 60 އަހަރެވެ. އެހެންނަމަވެސް މިހާރު އެ އުމުރުފުރާ 75 އަހަރާ ހަމައަށް މަތިކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ ލޯންތަކަކީ ފަސް އަހަރުން ދައްކާ ނިމްމާ ގޮތަށް ދޫކުރާ ލޯންކަމަށާއި މި ބަދަލާއި އެކު ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެކަން ޝަރީފު ފާހަގަކުރެއްވިއެވެ. 

" އެހެންވީމަ ވަރަށް ގިނަ ފަރާތްތަކަށް ގެދޮރު ގަތުމާއި އެހެނިހެން ކަންކަމަށް ލޯނު ނެގޭނެ. އަދި މެދު އުމުރުގެ ބޭފުޅުންނަށް ވެސް އިތުރު ފަސޭހައެއް ވެގެންދާނެ. 20 ނުވަތަ 25 އަހަރަށް ދަމާލައިގެން ފަސޭހަކޮށް ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ." ބީއެމްއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.

ބޭންކުން މި ގެނައި ބަދަލާއި އެކު މިހާރު އުމުރުން 18 އަހަރާއި 75 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށް ލޯން ހޯދަން ހުށައެޅޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. 

ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ބުނީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. ޓެކްސް އަށް ކެނޑުމަށް ފަހު ސާފު ފައިދާއަކީ 631 މިލިއަން ރުފިޔާ ކަމަށް ބުންޏެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 27 ޕަސެންޓުގެ ކުރިއެރުމެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;