ކައުންސިލް އިންތިހާބަށްފަހު އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެއްދި ކުރިން ރައީސް މުހައްމަދު ސާލިހްގެ އަރިހުގައި ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްފުޅަށް އަރާފައެވެ. އަދި ދާދި ފަހުން ރައީސް ނަޝީދާއި ފައްޔާޒު އެކުގައި ކުއްލި ޕްރެސްއެއް ބާއްވާ ފައްޔާޒުވަނީ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ. އަދި ހަމަ އެދުވަހު ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދުކުރައްވާނެކަންވެސް އިއުލާންކުރައްވާފައެވެ. "ބޮޑު ބަދަލު"ގެ ނަމުގައި ފައްޔާޒާއި ނަޝީދު ވަނީ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަންވެސް އިއުލާންކުރައްވާފައެވެ.
ޗެއާޕާސަންގެ ރޭހުގައި ނަޝީދާއި ދެކޮލަށް ނުކުންނަވާނެކަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުން އަލްހާން ފަހުމީވެސް މިހާރު ވަނީ އިއުލާންކުރައްވާފައެވެ.
މީކާއިލް އޭނާގެ ކެމްޕެއިން ފަށާ ކުރި ޕޯސްޓެއްގައި ބުނީ އެމްޑީޕީއަށް މިވަގުތު އެންމެ މުހިންމީ ހަމަހަމަކަމާއިއެކު ޕާޓީ ހިންގަދީ، ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ އާންމު މެންބަރުންގެ މަސްލަހަތު އިސްކުރާނެ ފަރާތެއްކަމަށެވެ. އަދި އިތުބާރާއިއެކު އާ ޒުވާން ޖީލަކަށް ފުރުސަތު ދިނުމަށްވެސް މީކާއިލް ވަނީ އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރަން ނިންމެވިކަން އިއުލާންކޮށް އަލްހާން ފަހުމީ ކުރި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ އަލުން އަނބުރާ ޑިމޮކްރަސީގެ މަގަށް އަމާޒު ހިފަންޖެހޭކަމަށެވެ. އަލްހާން ވަނީ މީގެކުރިންވެސް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;