ads
މަސްވެރިން
ހުރިހާ މަސްވެރިންނަށް އެސްޓީއޯ ރޭޓްގައި މާދަމާއިން ފެށިގެން ތެޔޮ ލިބޭނެ
މަސްވެރިކަން ކުރާ ހުރިހާ ދޯނި ފަހަރަށް އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ މަސްވެރިކަން ކުރާ ހުރިހާ ދޯނި ފަހަރަށް އެސްޓީއޯ ޝެޑް ރޭޓުގައިމާދަމާއިން ފެށިގެން ތެޔޮ ލިބޭނެކަމަށެވެ. 

ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި 13 ރަށަކުން ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަށްވެސް މިނިސްޓްރީން ބުނެ އެވެ. 

ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ތެޔޮ ލިބޭ ރަށްތައް

your imageމަސްވެރިކަން ކުރާ ހުރިހާ ދޯނި ފަހަރަށް އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ

މަސްވެރިކަން ކުރާ ހުރިހާ އުޅަނދަކަށް އެސްޓިއޯ އަގުގައި ތެޔޮ ލިބޭނެކަން މިނިސްޓްރީން ބުނެފައި މިވަނީ ތެޔޮ އަގުބޮޑުވެގެން ބައެއް މަސްވެރިން މަހަށް ނުނިކުމެ އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށާފައި ވަނިކޮށެވެ. އަދި ތަފާތު ކުރުމެއްނެތި ހަމަހަމަ އުސޫލުން ހުރިހާ މަސްވެރިންނަށް ތެލުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ބޮޑު ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުން ގޮވާލާފައިވެސް ވަނިކޮށެވެ.  

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވިޔަސް، އެކަމުގެ ބުރަ މަސްވެރިންނަށް ނުޖައްސައި ސަރުކާރުން އަންނަނީ އެކަން މެނޭޖުކުރަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;