މިއަދު ފާހަގަކުރާ ސިފައިންގެ 134 އަހަރީ ދުވަހާ ގުޅިގެން އެ މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ހިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައި ދީފައި ވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށް ދިން ހިތްވަރުގަދަ އެތައް ދަރީން ކަމަށެވެ.
އެހެންވެ ދިވެހި ގައުމަށްޓަކައި ރެޔާއި ދުވާލު ސިފައިން ކުރަމުން އަންނަ އަގުހުރި ހިދުމަތަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރަސްމީގޮތެއްގައި ދިވެހި ސިފައިންގެ ހިދުމަތް ފަށާފައިވަނީ 1892 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ދުވަހު އެވެ. މިއާއެކު ކޮންމެ އަހަރެއްގެވެސް އެޕްރީލްމަހުގެ 21 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ސިފައިންގެ ދުވަހުގެ ގޮތުގަ އެވެ.
ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެ އެވެ. އެގޮތުން، މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;