ads
ހިޕް ބްރޭންޑުގެ އުފެއްދުންތައް: މި ބްރޭންޑުގެ އުފެއްދުންތަކަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފައި - ފޮޓޯ: ގެޓީ
މީދާ ވިހަ ފެނުނު ކުޑަކުދިންގެ ކާނާ ބޭނުން ނުކުރަން އިލްތިމާސްކޮށްފި
"ހިޕް" ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ބޭނުންނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
Advertisement

ޖަރުމަނުގެ "ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން ރޮޑެންޓްސައިޑް ނުވަތަ މީދާ މަރާ ވިހަ ފެނުނު މައްސަލައެއް އޮސްޓްރިއާގައި ތަހުގީގުކުރަމުން އަންނަ އިރު އެމްއެފްޑީއޭއިން ބުނީ، ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ "ހިޕް"އިން ވަނީ، އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ ހިޕް މަރުކާގެ ކުޑަކުދިންގެ ކާނާގެ އުފެއްދުންތައް ބޭނުން ނުކުުރުމަށް އަންގައި ބާޒާރުން އަނބުރާ ނަގަން ފަށައިފައި ކަމަށެވެ. އެގޮތަށް އަންގައިފައި ވަނީ އެ އުފެއްދުންތަކުގައި މީދާ މަރަން ބޭނުންކުރާ ބޭސް އެކުލެވިފައިވާ ކަމަށް ޝައްކުކުރެވޭތީ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޮސްޓްރިއާގެ ފުލުހުން ތަހުގީގެއް ފަށައިފައިވާކަން ވެސް އެމްއެފްޑީއޭއިން ފާހަގަކުރި އެވެ.

އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބްރޭންޑްގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ހިޕް ކުންފުނިން ބުނެފައިވާ ގޮތުގައި، މިއީ ކާނާ އުފެއްދުމުގެ ތެރޭގައި ދިމާވި މައްސަލައެއް ނޫނެވެ. ނަމަވެސް، މިއީ ބަޔަކު ގަސްދުގައި ކާނާ ތަޣައްޔަރު ކުރުމަށް ހިންގާފައިވާ އަމަލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;