ads
އިބްރާހިމް އިސްމާއިލް: ގާނޫނުއަސާސީއަށް ބަދަލު ގެންނަން މިހާތަނަށް ރަނގަޅު ހުށަހެޅުމެއް ނެތް ކަމަށް ވިދާޅުވި --
ގާނޫނުއަސާސީއަށް ހުށަހަޅަމުންދާ ބަދަލުތައް ރަނގަޅެއްނޫން: އިބުރާ
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގާނޫނުއަސާސީއަށާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން މިއަދު ހުށަހެޅުއްވި އިސްލާހުތައް ރަނގަޅު ނޫން ކަމަށް، ފައްޔާޒުގެ ބޭބެ އަދި ގާނޫނުއަސާސީ އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އިބްރާހީމް އިސްމާއީލް (އިބުރާ) ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދާއި ފައްޔާޒު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި ހުރި ބައެއް އުނިކަންކަމުގެ ސަބަބުން ރާއްޖޭގައި ވެރިކަން ހިންގަމުންދަނީ ރައީސްގެ ބާރުތައް ބޮޑުވެ ރައްޔިތުންގެ އާންމު ހާލަތު ނިކަމެތިވާ މިސްރާބަކަށް ކަމަށެވެ. 

އެހެންވެ، ވެރިކަމުގެ އޮނިގަނޑަށް ފަސް ބަދަލެއް ގެންނަން އެ ދެބޭފުޅުން ހުށަހެޅުއްވި އެވެ. އޭގެތެރޭގައި ހިމެނެނީ:

  • ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔަކު ކަނޑައެޅުން؛ އެއީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން

  • ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހަކަށް ހެދުން 

  • ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުން

  • ދައުލަތުގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަގުލަބިއްޔަތުން އައްޔަންކުރާ މީހެއް ކަމަށް ކަނޑައެޅުން

މި ހުށައެޅުންތަކާއި ގުޅިގެން ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން އަދި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާ ވިދާޅުވީ، ރާއްޖޭގައި އޮތީ މަސްހުނި ނިޒާމެއް ކަމަށެވެ.

އެ ނިޒާމު އެކުލަވާލުމުގައި ދުނިޔޭގެ 22 ގައުމެއްގެ ގާނޫނުއަސާސީ ދިރާސާކުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި އޭރު ދުނިޔޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ހަތަރު މާހިރުންގެ ތެރެއިން އެއް ބޭފުޅަކު، ދޮޅުއަހަރުވަންދެން މަސައްކަތް ކުރި ކަމަށް އިބުރާ ވިދާޅުވިއެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ ފުރަތަމަ ޑްރާފްޓް ނިމުމުން، އިސްލާމީ ޝަރީއާގެ ދާއިރާގެ އެންމެ މަޝްހޫރު އެއް ދުސްތޫރީ މާހިރަކު ގެނެސްގެން، އިސްލާމް ދީނާ ޚިލާފުކަމެއް އޮތްތޯ ބެލި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހިން މިހާރު އަމަލުކުރަނީ ދުނިޔޭގައި މިވަގުތު އެންމެ "ޕްރޮގްރެސިވް" ހަތަރު ގާނޫނުއަސާސީގެ ތެރޭގައި ހިމެނޭ ގާނޫނުއަސާސީއަކަށް ކަމަށް ފޮތްތަކުގައި ލިޔެފައި އެބަހުއްޓެވެ.

"މީގެ މާނައަކީ އެޔަށް ގެނެވިދާނޭ، އަދި ގެނައުން މުހިންމު ބަދަލު ނެތެކޭ ނޫނެވެ. އެބަހުއްޓެވެ. މި ފާއިތުވީ 16 އަހަރުގެ ތެރެއިން އެކަންކަން ފާހަގަވެއްޖެ އެވެ،" އިބްރާ ވިދާޅުވި އެވެ.

ނަމަވެސް މިހާތަަނަށް ހުށަހަޅަމުންދަނީ ރަނގަޅު ބަދަލުތަކެއް ނޫން ކަމަށާއި ގެންނަން ޖެހެނީ ކުދިކުދި އިސްލާހުތަކެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމް ރަނގަޅުވާން އޮތީ ކުރިއަށް އޮތް 10 އަހަރު ނަމަވެސް އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑި ދިރާސާކޮށް ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ. 

އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.

ހިންގުމުގެ އޮނިގަނޑެއް އެކަށައަޅައި، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ މައިގަނޑު އެއް ކަންކަމަކީ "ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް ރިވައިޒް ކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުން"

ހުށަހެޅުން:

  • ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަން ކުރުވައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް ރިވައިޒް ކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދަން

ނަތީޖާ:

  • ރައްޔިތުންގެ ކަންބޮޑުވުންތައް ޕެޓިޝަން މެދުވެރިކޮށް ހުށަހެޅުމުން އެކަންކަން ބެލުމަށް މަޖުބޫރުވާ ހާލަތެއް ދުސްތޫރީ ގޮތުން އުފަންވެ، ގައުމުގެ މަންފާއަށް ވުރެ ސިޔާސީ ޕާޓީތަކުގެ ފައިދާއަށް ކުރާ ކަންކަން ނިމުމަކަށް ނެގެވި، ރައްޔިތުންގެ ބާރު ހިނގާކަން ކަށަވަރުވުމާއެކު ޑައިރެކްޓް ޑިމޮކްރަސީގެ އަސާސްތައް ހިންގުމުގެ ނިޒާމެއް ތައާރަފުވުން

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;