ads
އާދަމް އަދްލާން ލަތީފް،
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފޮޓޯ އާއި ވީޑިއޯ ވިއްކާ ދިވެހި ޒުވާނަކު ހައްޔަރުކޮށްފި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކާ ކަމުގެ ތުހުމަތަށް ދިވެހި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ތ.ވިލުފުށީ މޫނިމާގެ އާދަމް އަދްލާން ލަތީފް، 22، އެވެ.

ފުލުހުން ބުނީ މި މީހަ ހައްޔަރުކޮށްފައި ވަނީ، ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށެވެ.

ލުހުން ބުނީ އެ ވޮލެޓުން އާދަމް އަދްލާން ލަތީފްގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.  އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ  ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;