ads
ޕީސީބީގެ މެމްބަރު ކަމުގައި ހުރި މޫސާ ފަތުހީ: އޭނާ މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައި - ފޮޓޯ: ޕީއެންސީ
ޕީސީބީގެ މެމްބަރުކަމުން ފަތުހީ އިސްތިއުފާ ދެއްވައިފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑް މެންބަރުކަމުން މޫސާ ފަތުހީ އާދަމް އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ޕީސީބީގެ ބޯޑުގެ މެމްބަރުކަމުން ފަތުހީ މި އިސްތިއުފާ ދެއްވިއިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އޭނާ މިއަދު ވަނީ އައްޔަންކޮށްފަ އެވެ. 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑް މެންބަރު ކަމަށް މޫސާ ފަތުހީ އައްޔަން ކުރެއްވީ 20 ނޮވެމްބަރު 2023ގަ އެވެ. 

ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އައްޔަނު ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުއާޒް ހަލީމް އިސްތިއުފާ ދެއްވުމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;