ads
ފުލުހުން ނައްތާލި ވޭޕްތައް
ފުލުހުން ވޭޕްތަކެއް އަނދާ އަޅިއަށް ހަދައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް އަނދާ އަޅިއަށް ހަދައިފިއެވެ.
Advertisement

ފުލުހުން ބުނީ މިއަދު ދޫނިދޫގައި ނައްތާލައިފައި ވަނީ މިމަހުގެ 16ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވޭފްތަކެއްކަމަށެވެ. 

 އެގޮތުން ނައްތާލައިފައި ވަނީ 138 ނެނޯ ކާޓްރިޖްއާއި ޑިސްޕޯސަބަލް ވޭޕްއާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތިކަމަށް ފުލުހުން ބުނެއެވެ.

 ވޭޕް ނައްތާލައިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;