ads
އޭއައި ރެގިއުލޭޓު ކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ
އޭއައި ރެގިއުލޭޓު ކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރެގިއުލޭޓް ކުރުމަށް ހާއްސަ ބިލެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ދާއިރު އޭއައިއަކީ ބަލައިގަންނަ އެއްޗަކަށް ވާންޖެހޭ ކަމަށެވެ.

"ޑިޖިޓަލައިޒޭޝަނެއްގެ ތެރެއަށްދާއިރުގައި އަޅުގަނޑުމެން ސަފުގެ އެންމެ ކުރީގައި ތިބޭނަމަ އެމްބްރޭސް ކުރަންޖެހޭނެ ކަމެއް އޭއައި އަކީ، ރެގިއުލޭޓު ކުރެވޭ ނޫނީ އެއާ ގުޅޭ ކަންކަން ބަޔާން ކުރެވިފައިވާ ކަމަކަށް ވާންޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު "މޯލްޑިވްސް 2.0" އިފްތިތާހުކުރީ މިދިޔަ އަހަރުގެ މޭ މަހު އެވެ.

އޭއައި ރެގިއުލޭޓްކުރަން ސަރުކާރުން ތައްޔާރުވަމުން އަންނައިރު، އޭއައިގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން މީހުންގެ އަބުރަށް އަރައިގަނެ ފޭކް ފޮޓޯއާއި ވީޑިއޯ އުފެއްދުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;