ads
އަލަށް އެކައުންޓް ހުޅުވުމުން ބޮޑެތި އިނާމްތަކެއް ލިބޭ ޕްރޮމޯޝަނެއް އެމްއައިބީ ފަށައިފި
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް (ޖީއައިއޭ) ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން "ސޭވް ވިތް އެމްއައިބީ 2026"ގެ ނަމުގައި އެ ބޭންކުން ޕްރޮމޯޝަނެއް ފަށައިފި އެވެ.
Advertisement

އެ ޕްރޮމޯޝަނަކީ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ހުޅުވާ އާ ކަސްޓަމަރުންނަށް ބޮޑެތި އިނާމުތަކާއެކު 8 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެގޮތުން އިއްޔެ ފެށި އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ނަސީބުވެރިއަކު ހޮވައި، އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިބީއިން ބުންޏެވެ. އަދި ޕްރޮމޯޝަނުގެ މުއްދަތުގައި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ހުޅުވައިގެން އެއަށް ޖަމާކުރާ ފައިސާގެ ފައިދާއަށް ވަރަށް ރަނގަޅު ކޮމްޕެޓިޓިވް މާކެޓް ރޭޓުތަކެއް ލިބޭނެކަމަށް ވެސް އެމްއައިބީން އަންދާޒާކުރެއެވެ.

އެމްއައިބީއިން ބުނީ ދިވެހި ރުފިޔާއިންނާއި ޔޫއެސް ޑޮލަރުން ވެސް ހުޅުވޭ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓްތަކަކީ މަދުވެގެން އެއް އަހަރުގެ ޓެނުއާ ޕީރިއަޑެއް ހިމެނޭ އެކައުންޓްތަކެއް ކަމަށެވެ.

އެގޮތުން މުސްތަގްބަލަށް ފައިސާ ރައްކާކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެއް ކަމަށާއި އެމްއައިބީގެ އެހެން ހިދުމަތްތަކެކޭ ވެސް އެއްގޮތައް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކީވެސް، އެމްއައިބީއަށް ނުގޮސް ވަރަށް ފަސޭހައިން ޑިޖިޓަލްކޮށް ހުޅުވާލެވޭނެ އެކައުންޓުތައް ކަމަށް އެ ބޭންކުން ބުނެއެވެ.

ގިނައިން ރައްކާކުރާ ފައިސާގެ ފައިދާވެސް ބޮޑުވާނެކަމަށް އެމްއައިބީން މައުލޫމާތުދެ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމް ފުރައިގެންނެވެ. 

  • އެމްއައިބީގެ އެސެޓް ވެލިއު އެއް ބިލިއަން ޑޮލަރުގައި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެސެޓް ވެލިއު އެއް ބިލިއަން ޑޮލަރަށް އަރައި، އެ ބޭންކްގެ މާލީ ތާރީހުގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް މިފަހުން ހޯދައިފަ އެވެ. 

ރާއްޖޭގައި އިސްލާމީ ބޭންކިންގެ ހިދުމަތް ތައާރަފުކުރި ފުރަތަމަ ބޭންކުގެ ގޮތުގައި މީގެ 15 އަހަރު ކުރިން މަސައްކަތް ފެށި އެމްއައިބީން މި ލަނޑުދަނޑި ހާސިލުކުރީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ބޭންކުގެ ފައިދާ ތިން ގުނަ އިތުރުކޮށް، ކަސްޓަމަރުންގެ އަދަދު ދެގުނައަށް އިތުރު ކުރުމާއެކީގަ އެވެ. 

މި ކާމިޔާބީއާއެކު އެމްއައިބީ ދެ ލައްކަ ކަސްޓަމަރުންނާއެކު މިހާރު ވެފައިވަނީ ރާއްޖޭގެ ބޭންކިން ދާއިރާގައި ދެވަނައަށް އެންމެ ބޮޑު ބޭންކަށެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ ބޭންކުގެ ޖުމްލަ އެސެޓް ވަނީ 16.65 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ޖުމްލަ އެސެޓްގެ ގާތްގަނޑަކަށް 16 ޕަސަންޓެވެ. އަދި ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓްގެ މިންވަރު 5.14 ބިލިއަން ރުފިޔާއިން 13 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފަ އެވެ. މިއީ 153 ޕަސަންޓުގެ ކުރިއެރުމެކެވެ.

އެމްއައިބީގެ މި ހަލުވި ކުރިއެރުމުގެ ފަހަތުގައިވަނީ ބޭންކުން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ޒަމާނީ ޓެކްނޮލޮޖީ ކަމަށް އެ ބޭންކުން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;