މިއަދު ރައީސްް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ މި ސަރުކާރުންވެސް ކެމްޕެއިނާއި ދިމާކޮށް ވަޒީފާ ދިންކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނަތީޖާއިން ކެމްޕެއިނާއި ދިމާކޮށް ނުވަތަ ސީޔާސީ ގޮތުން ވަޒީފާތައް ދޭން ރައްޔިތުން ބޭނުން ނުވާކަން އެނގިވަޑައިގެންފިކަމަށެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގަވާފައިވަނިކޮށެވެ. ސަރުކާރު ކުންފުނިތަކުގައި 42،000 މުވައްޒަފުން ތިބިކަމަށް ލަފާކުރެވޭކަމަށް ޒަމީރު އިއްޔެވަނީ ވިދާޅުވެފައެވެ. ކޮންމެ ކުންފުންޏަކުން 33 އިންސައްތަ މުވައްޒަފުން ކަނޑަން މަސައްކަތް ކުރި ނަމަވެސް، އެ ކުންފުންޏެއްގެ މަސައްކަތްތަކަށް ބަލާއިރު އެ އަދަދަށް މުވައްޒަފުން ނުކެނޑިދާނެ ކަމަށްވެސް ޒަމީރު އިއްޔެ ވަނީ ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;