ads
ރައީސް މުއިއްޒާއި ރައީސް ނަޝީދު
ބޮޑު ބަދަލާއި ގުޅޭގޮތުން ނަޝީދާއެކު މަޝްވަރާގެ މޭޒަށް ނުދާނަން: ރައީސް
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އިިއުލާންްކުރެއްވި ބޮޑު ބަދަލާއި ގުޅޭގޮތުން ނަޝީދާއި އެކު މަޝަވަރާކުރަން އެއް މޭޒަކަށް ވަޑައިނުގަންނަވާނެކަމަށްް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިއްޔެ ވަނީ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަން ހުށައަޅާފައެވެ. އަދި އެ ބަދަލުތައް ގެނައުމަށް މަޝްވަރާތަކަށް އައުމަށް ސަރުކާރަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްވަރާތަކުގައި ބައިވެރިވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސްް މުއިއްޒު ވިދާޅުވީ އެ މަޝްވަރާތަކަށް އެމަނިކުފާނު ވަޑައިނުގަންނަވާނެކަމަށެވެ. އަދި މަސައްކަތް ކުރާނީ ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރި މެންޑޭޓް އަދާކުރަންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ އަޅުގަނޑު އިއުލާނުކުރި މެނިފެސްޓޯ އާއި ވައުދުތަކާއި އެއްގޮތަށް ކަންކަން ކުރަން. އެހެންވީމާ އަޅުގަނޑު ދާނީ ރައްޔިތުން ހަވާލުކުރި މަސައްކަތައިގެން ކުރިއަށް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފައްޔާޒު ހުށައެޅުއްވި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުންވެސް ވަނީ ހިމަނާފައެވެ. 

މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ފައްޔާޒު ރާއްޖޭގެ ރައީސްކަމަށް ގެންނަވަން ތާއިދުކުރައްވާކަމަށެވެ. އަދި ފައްޔާޒު ރައީސްކަމުގައި ހުންނައިރު ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި އެމަނިކުފާނު ހުންނަން އެދިވަޑައިގަންނަވާނެކަމަށެވެ. އަދި ފައްޔާޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުންނަން އެދެނީ ރައީސް ނަޝީދުކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;