މި މައްސަލަ ދެވަނަ ފަހަރަށް ހުށައެޅީ މީގެކުރިންވެސް އެ މައްސަލަ ހުށައެޅި ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްގަފޫރު އަދި މުހައްމަދު ސިނީންގެ ފަރާތުންނެވެ.
ކަށިމިޔަރުގެ މަސްވެރިކަން ވަކި އުސޫލުތަކެއްގެ ތެރެއިން ހުއްދަކުރަން ނިންމައި، ސަރުކާރުން މިދިޔަ އޮކްޓޫބަރު މަހު އާންމުކުރި ގަވާއިދާއި އެކަމަށް އާންމު ކޮށްފައިވާ ޕްލޭން ބާތިލްކުރަން އޭރު ހައިކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަނެ ވަނީ ބޭރުކޮށްލާފައެވެ.
އެ ފަހަރު އެ މައްސަލަ ބަލައި ނުގަންނަން ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާ ނިންމި ނިންމުމުގައި ބުނެފައިވަނީ ބާތިލުކުރަން އެދިފައިވާ ކަށިމިޔަރު މަސްވެރިކަމާ ގުޅޭ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ކަމަށް ނުވާތީ ދުސްތޫރީ މައްސަލައެއް ކަމަށް އެ މައްސަލަ ނުވާކަމަށެވެ.
އަލުން އެ މައްސަލަ ހުމައިދާ އަބްދުލްގަފޫރު އަދި މުހައްމަދު ސިނީން ކޯޓަށް ހުށައެޅި މައްސަލަ ބޭރުކޮށްލީ މިއަދުއެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމިއްޔާތައް ވެސް ހިމެނޭ ގޮތަށް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުންނާއި 50 ސައިންޓިސްޓުންގެ ސޮއި ވެސް ހިމެނޭ ގޮތަށް މި ކަން ނުކުރުމަށް އެދި ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވިއެވެ.
ކަށިމިޔަރުގެ މަސްވެރިކަން މަނާކޮށް، ރާއްޖޭގައި މިޔަރު ހިމާޔަތްކުރީ 2010 ވަނަ އަހަރުން ފެށިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;