މޯލްޑިވިއަންގައި ވަޒީފާ އަދާކުރަމުން އައި ޒިއާމަށް ސްޓްރޯކް ޖެހުނީ 2021 ވަނަ އަހަރު އެވެ. އެ ހިސާބުން އޭނާގެ މަސައްކަތްތެރި ދިރިއުޅުން ހުއްޓުމަކަށް އައިސް، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަނީ ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މިހާރު އުމުރުން 45 އަހަރުގެ ޒިއާމްގެ ބަލި ހާލަތާ ގުޅިގެން އަމިއްލައަށް މަސައްކަތް ނުކުރެވި އެހެން މީހުންގެ އެހީތެރިކަމަށް ބަރޯސާވާން ޖެހިފައި ވާއިރު، އޭނާގެ ކަންކަން ބަލަހައްޓަމުން އަންނަނީ އުމުރުން ދުވަސްވީ މަންމަ އެވެ.
ޒިއާމް "ސީއެންއެމް" އަށް ބުނި ގޮތުގައި، ސްޓްރޯކް ޖެހުމާ ގުޅިގެން އޭނާ އޭޑީކޭ ހޮސްޕިޓަލުގައި ދެ މަހެއްހާ ދުވަހު ފަރުވާ ހޯދުމަށް ފަހު، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ހަތަރު މަސް ދުވަހުގެ ފަރުވާ ހޯދި އެވެ. އޭގެފަހުން ރާއްޖެ އައިސް ހަ މަސް ދުވަހު ދިވެހި ބޭސް ވެސް ކޮށްފައިވާ ކަމަށް ޒިއާމް ބުންޏެވެ. ނަމަވެސް އޭނާގެ ހާލަތު ރަނގަޅުކުރުމަށް އިތުރު ފަރުވާ ބެނުންވާތީ، އަލުން އިންޑިއާއަށް ގޮސް އިތުރު ހަ މަސް ދުވަހުގެ ތެރަޕީ އާއި ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ޒިއާމްގެ ބަލި ހާލަތު ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް
ޒިއާމް ބުނި ގޮތުގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަމެވެ. ފަރުވާއަށް ބޭރަށް ދިއުމަށް އާސަންދައިގެ އެހީ ހޯދަން މަސައްކަތް ކުރި ނަމަވެސް، ރާއްޖެއިން އެ ފަރުވާ ލިބޭނެތީ އެކަން ހަމަޖެހޭ ގޮތް ނުވީ ކަމަށް ޒިއާމް ބުންޏެވެ.
ރާއްޖޭގެ ހޮސްޕިޓަލްތަކުން ތެރަޕީ ހޯދުމުގައި ޖާގަ ލިބުމުގެ ދަތިކަމާއި، ދޭތެރެއަކުން ފަރުވާ މެދުކެނޑޭތީ އެކަމުގެ ސަބަބުން ބަލި ހާލަތު އިތުރަށް ގޯސްވުމުގެ ބިރު އޮތް ކަމުގައި ފާހަގަކޮށް ޒިއާމް ކަންބޮޑުވުން ފާޅުކުރި އެވެ.
ޒިއާމްގެ ބަލި ހާލަތު ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް
އާސަންދަ ހަމަނުޖެހުނަސް ޒިއާމް މިހާރު މަސައްކަތްކުރަމުންދަނީ ބޭސްފަރުވާއަށް އަލުން އިންޑިއާއަށް ދިއުމަށެވެ. ނަމަވެސް، އިންޑިއާގައި ހޭދަކުރަންޖެހޭ ހަ މަސް ދުވަހުގެ މުއްދަތުގައި ގިނަ ހަރަދުތަކެއް ހިނގާނެތީ އޭނާ ވަނީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއަށް އެދިފަ އެވެ.
ޒިއާމްގެ ބަލި ހާލަތު ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް
ޒިއާމްގެ އުއްމީދަކީ ފަރުވާ ފުރިހަމަކޮށް ބަލި ހާލަތު ރަނގަޅުވެ، އޭނާގެ ދަރިންނަށްޓަކައި އާ ދިިރިއުޅުމެއް ބިނާކުރުމުގެ ފުރުސަތު ލިބުމެވެ.
ބީއެމްއެލް ދިވެހި ރުފިޔާ އެކައުންޓް ނަމްބަރު: 7713452749101 (ޒިއާމް އަބްދުލްހާދީ)
ބީއެމްއެލް ޑޮލަރު އެކައުންޓް ނަމްބަރު: 7730000780313 (ޒިއާމް އަބްދުލްހާދީ)
އިތުރު މައުލޫމާތު ހޯދުމަށް: 7774537 (ޒިއާމް އަބްދުލްހާދީ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;