ads
ރަންބީރު އާއި ޔަޞް
ރަންބީރު އާއި ޔަޞް އެކުގައި ނުފެންނާނެ
ބޮލީވުޑްގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ "ރާމާޔަނަ" ގެ ފުރަތަމަ ބައިގައި، ރާމާގެ ރޯލު ކުޅޭ ރަންބީރު ކަޕޫރު އަދި ރާވަނާގެ ރޯލުން ފެންނަ ޔަޝް އެކުގައި އެއްވެސް މަންޒަރަކުން ނުފެންނާނެ ކަން ކަށަވަރުވެއްޖެ އެވެ.
Advertisement

މިކަން ހާމަކުރީ އެމެރިކާގެ ލަސްވޭގަސްގައި ބޭއްވި ސިނެމާކޮން 2026 ގައި ޔަޝް އާއި ފިލްމުގެ ޕްރޮޑިއުސަރު ނަމިތު މަލްހޯތުރާ އެވެ.

ޔަޝް ބުނި ގޮތުގައި މި ފިލްމު ބަހާލާފައިވަނީ ދެ ބަޔަށެވެ. ފުރަތަމަ ބައިގައި ދައްކުވައިދޭނީ ރާމާ އާއި ރާވަނާގެ އަމިއްލަ ދިރިއުޅުމާއި އެމީހުންގެ ވަކިވަކި ދުނިޔެތަކެވެ. އެހެންކަމުން، މި ދެ ތަރިންގެ މެދުގައި ހިނގާ ކުރިމަތިލުންތައް ފެންނާނީ 2027 ވަނަ އަހަރު ރިލީޒްކުރާ ފިލްމުގެ ދެވަނަ ބައިންނެވެ. މިއީ ފިލްމުގެ ވާހަކަ ވަރުގަދަކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް އޭނާ ބުންޏެވެ.

ޔަޝް ވަނީ ރަންބީރުގެ އެކްޓިންއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އޭނާ ބުނީ ރަންބީރަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށާއި، ކެމެރާގެ ކުރިމަތީގައި އެކުގައި މަސައްކަތް ނުކުރި ނަމަވެސް، ދެމީހުންގެ މެދުގައި އޮތީ ވަރަށް ބޮޑު އިހުތިރާމެއް ކަމަށެވެ. "ރާމާޔަނަ" ގެ ފުރަތަމަ ބައި ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަންނަ ދީވާލީ ބަންދާ ދިމާކޮށެވެ.

މީގެ އިތުރުން، ރަންބީރުގެ މަޝްހޫރު "ބްރައްމާސްތުރަ" ގެ ދެވަނަ ބައާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ވެސް ޕްރޮޑިއުސަރު ވަނީ ހިއްސާކޮށްފަ އެވެ. އޭނާ ބުނީ "ބްރައްމާސްތުރަ 2" ގެ މަސައްކަތް ފަށާނީ "ރާމާޔަނަ" ގެ މަސައްކަތްތައް މުޅިން ނިމުމުން ކަމަށެވެ. މީގެ ކުރިން މި ފިލްމު 2026 ގެ ޑިސެމްބަރުގައި ނެރުމަށް ތާވަލުކުރި ނަމަވެސް، މިހާރު ބެލެވޭ ގޮތުގައި ފިލްމުގެ މަސައްކަތް ފެށޭނީ މިއަހަރުގެ ފަހުކޮޅުގަ އެވެ.

މި ހަބަރުތަކާއެކު ބޮލީވުޑްގެ ފޭނުންގެ މެދުގައި މިހާރު ވަނީ ބޮޑު ފޯރިއެއް ހިފާފަ އެވެ. ހާއްސަކޮށް ރަންބީރު ކަޕޫރަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ވެސް ހިމެނިފައިވާ ތަރިއަކަށް ވާތީ، އޭނާގެ ކުރިއަށް ހުރި ފިލްމުތަކަށް ކުރެވޭ އުންމީދު މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;