އަޝްފާ "ސީއެންއެމް" އަށް ބުނީ ފުރަތަމަ ލޮލުގެ މައްސަލަ ފާހަގަވީ 2023 ވަނަ އަހަރު ކަމަށާއި، އެގޮތުން އޭރު ލޮލުގައި ރިއްސައި ލޭ އައުމުން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އަދި ފަހުން ލޯ ދުޅަވާތީ އަލުން ޑޮކްޓަރަށް ދެއްކުމުން އޭނާގެ ވާތު ލޮލުގެ ރެޓިނާގައި ޓޮކްސޯޕްލާޒްމާ ސްކާސް ހުރިކަން އެނގުނެވެ. އޭގެފަހުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުންނާއި އިންޑިއާގެ ޓްރިވެންޑަރަމްގައި ހުންނަ ޗައިތަންޔާ ހޮސްޕިޓަލުން ލޮލަށް ފަރުވާ ހޯދި ނަމަވެސް ރަނގަޅު ނުވާ ކަމަށް އޭނާ ބުންޏެވެ.
އެހެންކަމުން ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އަޝްފާ އަންނަނީ އިންޑިއާގެ މަދުރާއީގައި އިތުރު ފަރުވާ ހޯދަމުންނެވެ. އޭނާގެ ލޮލުގެ ސާޖަރީ ހެދުމުގެ ކުރިން އެތަނުގައި ތިން މަސްދުވަހު ފަރުވާ ކުރަން ޖެހޭ އިރު، ފަރުވާ މެދުކެނޑިއްޖެ ނަމަ ލޮލަށް އިތުރު ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގައި ޑޮކްޓަރު ފާހަގަކުރައްވާފައި ވާތީ އާއި، އެއީ ދުރު ސަރަހައްދަކަށް ވާތީ ޓިކެޓު ވެސް އަގުބޮޑުވުމުން އަޝްފާ ގަސްދުކުރަނީ ފަރުވާ ނިމެންދެން މަދުރާއީގައި މަޑުކުރުމަށެވެ.
އަޝްފާގެ ލޮލުގެ ޓެސްޓެއްގެ ނަތީޖާ
އަޝްފާ ބުނި ގޮތުގައި އޭނާގެ ފިރިމީހާގެ މަންމަގެ ބަލި ހާލަތު ހުރި ގޮތުން ފިރިމީހާއަށް އޭނާއާ އެކު ފަރުވާއަށް ރާޖެއިން ބޭރަށް ދެވޭކަށް ނެތެވެ. އަދި އަޝްފާގެ މަންމައަކީ އުމުރުން ދުވަސްވެފައިވާ ލޯފަން މީހަކަށް ވާއިރު، އާއިލާގައި އެހީތެރިވާނެ އިތުރު މީހަކު ވެސް ނެތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އަޝްފާ ބޭސްފަރުވާއަށް ފުރީ އާސަންދަ އާއި އެކި ފަރާތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމާ އެކު އެވެ. އެކަމަކު މިހާރު އާސަންދަ އާއި އެންސްޕާއިން އެހީ ދިން މުއްދަތު ވެސް ހަމަވެފައިވުމުން އަލުން އެކަމަށް އެދިފައިވާއިރު، އޭގެ ޖަވާބު އަދި ނުލިބެ އެވެ.
އަޝްފާ ބުނީ ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ބޭސްފަރުވާ އަދިވެސް ކުރިއަށްދާ ކަމަށާއި، ސާޖަރީ ހެދޭނެ ތާރީހެއް އަދި ޔަގީން ނުވާ ކަމަށެވެ.
އަޝްފާގެ ލޮލުގެ ޓެސްޓެއްގެ ނަތީޖާ
ލޮލަށް ފަރުވާ ކުރުމަށް މަދުރާއީގައި ގިނަ ދުވަސްތަކެއް މަޑުކުރަން ޖެހޭ އިރު، އާއިލާގެ އިތުރު މީހެއްގެ ފަރާތުން ވެސް އެހީތެރިކަން ނުލިބޭތީ މިހާރު އަތްމަތި ވަރަށް ދަތިވެފައިވާ ކަމަށާއި، ހުރުމާއި ކެއިންބުއިމާއި ދަތުރުފަތުރަށް ހަރަދުކުރަން ޖެހެނީ އަމިއްލައަށް ކަމަށް އޭނާ ބުންޏެވެ. އަޝްފާ މަދުރާއީއަށް ދިޔައީ ހެޔޮ އެދޭ ފަރާތަކާ އެކުގައި ކަމަށް ވީނަމަވެސް މިހާރު އުޅެނީ އެކަނި ކަމަށާއި، ކުދިން ގޮވައިގެން އެކަނި އުޅެން އުނދަގޫ ވާނެތީ އެހީތެރިއަަކު ހޯދުމަށް ވެސް ފައިސާ ބޭނުންވާ ކަމުގައި އޭނާ ފާހަގަކުރި އެވެ.
އެހެންކަމުން އަޝްފާގެ އެދުމަކީ ހެޔޮ އެދޭ ފަރާތްތަކުން އޭނާގެ ފަރުވާއަށް އެހީގެ އަތެއް ދިއްކޮށްލުމެވެ. އޭނާގެ ދެ ދަރިންގެ ހައްގުގައި ނަމަވެސް ވެދެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަޝްފާ އެދިފައިވެ އެވެ.
ދިވެހި ރުފިޔާ އެކައުންޓް ނަމްބަރު: 7730000201923 (މަރިޔަމް އަޝްފާ)
ޑޮލަރު އެކައުންޓް ނަމްބަރު: 7730000813877 (މަރިޔަމް އަޝްފާ)
އިތުރު މައުލޫމާތު ހޯދުމަށް: 7665740 (މަރިޔަމް އަޝްފާ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;