ads
ޝާހިލް -- ސަން ފޮޓޯ
ސާހިލްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް
މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް، ދައުވާތަކެއް ސާބިތުވެ، ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
Advertisement

ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތްވެސް އޮތީ ސިއްރުކޮށްފައެވެ. މިއަދު ހުކުމް ކުރީ އޭގެން ދެ މައްސަލައެއްގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. އަދި ބާކީ ހުރި ދައުވާތަކުގެ ހުކުމްތައް މިހާތަނަކަށް ނީއްވަ އެވެ. ބާކީ ހުރި މައްސަލަތަކުގެ ތެރޭގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;