ads
އާޝާ ބޯސްލޭ
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރު ވެއްޖެ
އިންޑިއާގެ ފިލްމީ ދާއިރާގައި އެންމެ މަޝްހޫރު އަދި އެންމެ ގިނަ ލަވަތައް ކިޔައިދީފައިވާ އެއް ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ، އުމުރުން 92 އަހަރުގައި މިއަދު މަރުވެއްޖެއެވެ.
Advertisement

އޭނާ މަރުވީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، މޭގެ އިންފެކްޝަނަކާ ގުޅިގެން ހިތާއި ފުއްޕާމޭގެ މައްސަލަތައް ކުރިމަތިވެގެންނެވެ. އާޝާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ މަރުގެ ހަބަރު އާއިލާއިންނާއި ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

1933 ވަނަ އަހަރު އުފަންވި އާޝާ އަކީ އިންޑިއާގެ ރަން އަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރްގެ ކޮއްކޮއެވެ. އަށް ދަހަަރަށްވުރެ ގިނަ ދުވަހު ލަވަކިޔުމުގެ ދާއިރާގައި ހަރަކާތްތެރިވި އާޝާ ވަނީ އިންޑިއާގެ އެކި ބަސްބަހުން އެތައް ހާސް ލަވައެއް ރެކޯޑުކޮށްފައެވެ. އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ދަމް މާރޯ ދަމް" އަދި "ޗުރާ ލިޔާ ހައި ތުމްނޭ" ފަދަ ލަވަތައް ހިމެނެއެވެ. އާޝާގެ ވަކިވުމާ ގުޅިގެން އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ އާއި ބޮލީވުޑްގެ ގިނަ ތަރިން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

އާޝާ ބޯސްލޭގެ ދަރިފުޅު އާނަންދު ބޯސްލޭ ބުނީ، އޭނާގެ މަންމަގެ ޖަނާޒާގެ ކަންކަން މާދަމާ ކުރިއަށްދާނެ ކަމަށެވެ. އާޝާ އަކީ އިންޑިއާގެ އެންމެ މަތީ ޝަރަފުތައް ކަމަށްވާ ޕަދްމާ ވިބޫޝަން އާއި ދާދާސާހެބް ޕާލްކޭ އެވޯޑުވެސް ހޯދާފައިވާ ފަންނާނެކެވެ. އޭނާގެ ވަކިވުމަކީ އިންޑިއާގެ މިއުޒިކީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު އުނިކަމެކެވެ. އާޝާގެ އަޑަކީ އިންޑިއާގެ ސިނަމާގެ ރަންޒަމާނުގެ ރަމްޒެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;