ads
ކަނޑުމަގުން ޑްރަގު އެތެރެކުރި މީހުންގެ ބަންދު އިތުރުކޮށްފި
ކަނޑުމަގުން ޑްރަގު އެތެރެކުރި މީހުންގެ ބަންދު އިތުރުކޮށްފި
ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދު މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
Advertisement

ހަ ކިލޯގެ ޑްރަގުގެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މއ. ތަރިޖެހިއާގެ، އިސްމާއީލް އަބާން އަބްދުﷲ، 25 އާއި ސ. މަރަދޫ، ރަތްމާގެ، އަހުމަދު ދާން ފަރްހޫދު، 19 އެވެ. މި ދެ މީހުން ހައްޔަރު ކުރީ މިދިޔަ މަހުއެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކުރީ ކަސްޓަމްސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެ އަށް ޑްރަގް އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގަ އެވެ. އެ ދެ މީހުންގެ ބަންދަށް މިއަދުވަނީ އަނެއްކާވެސް 16 ދުވަސް ޖަހައިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;