ads
ބަނގުރާ ވިއްކާ ބޭރު ގްރޫޕެއް ހުޅުމާލޭން އަތުލައިގެންފި
ބަނގުރާ ވިއްކާ ބޭރު ގްރޫޕެއް ހުޅުމާލޭން އަތުލައިގެންފި
ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނި ގޮތުގައި ބަނގުރާ ގެންގުޅެ އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބޭރު ގްރޫޕެއް އަތުލައިގަތީ ހުޅުމާލެ ފޭސް އެކަކުންނެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަނީސުއްރަޙްމާން (23އ) އާއި އެމް.ޑީ ރޯމާން މިއާ (38އ) އެމް.ޑީ ކަމާލް މިއާ (42އ) އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މި އެޕްރީލް މަހުގެ 7 ވަނަ ދުވަހު ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން ހިންގި އޮޕަރޭޝަނެއްގައެވެ. 

މި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 ގެ ރަށު މާރުކެޓް ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 37 ފުޅި ބަނގުރާ ފެނިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;