ކޯޓުގައި ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން، މި މައްސަލައިގެ ދެވަނަ އަޑުއެހުމެއް ތާވަލުކުރީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށެވެ.
މިއީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި ދުސްތޫރީ މައްސަލައެކެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ ފެބްރުއަރީ 17، 2025 ގަ އެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުގެ ބެންޗަށް، އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަނަންވާހެން ބޮޑު ބަދަލެއްވަނީ އައިސްފައެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އިޖުރާއީ ނުކުތާއެއް ނަންގަވައި އެދުނީ ސުޕްރީމް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުް ނިންމީ މައްސަލަ ކުރިއަށްގެންދިޔުމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރީ އެ މައްސަލައިގައި އެދިފައިވާ އަމުރަކާމެދު ގޮތެއް ނިންމުމުގެ ޝަރިއަތުގެ މަޖިލިސް ފެށުމަށް ކުޑަތަންވެފައި ވަނިކޮށެވެ.
އެއީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ. ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އޭސީސީން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޖޭއެސްސީއަށް އެނގުމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;