ads
އައްމަޓީ
ސީލައިފް އަންމަޓީ ސަލާމަތްވެއްޖެ
ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި ދައުލަތުން ދައުވާ ކުރި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާތަކުން އޭނާ ސަލާމަތްވެއްޖެއެވެ.
Advertisement

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެ ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތްތެރިވުމުގެ ޖުމްލަ 42 ދައުވާއެއް ދައުލަތުން ކުރި އެވެ.  

އެކަމަކު، އެންމެ ދައުވާއެއްވެސް އައްމަޓީގެ މައްޗަށް ސާބިތުނުވުމުން، ޕީޖީންވަނީ މައްސަލަ ހައިކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

އެ މައްސަލާގައި އައްމަޓީ ރާއްޖެއިން ބޭރުގައި އުޅެނިކޮށް ސްރީ ލަންކާއިން އޭނާ ހައްޔަރު ކުރުމަށް ފަހު ރާއްޖެ ގެނައީ 2021 ވަނަ އަހަރު އެވެ. އަދި އެ މައްސަލާގައި ދުވަސްތަކެއް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ފަހުން ހުރީ ދޫކޮށްލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;