ads
ރައްޔިތުން އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ: ސާލިހް
މިއަދުގެ ވޯޓުގައި ރައްޔިތުން އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށް ފާހަގަކުރައްވާ ރައިސް ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންތިހާބީ މޭޔަރުން، ކައުންސިލު ރައީސުންް، ޑަބްލިއުޑީސީ ގެ ރައީސުން އަދި އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑިޕިޣޭ ހުރިހާ ކެންޑިޑޭޓުން މަރުހަބާ ދަންނަވާފައެވެ. ރައީސް ސާލިހް ވިދާޅުވީ ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައިކަމަށެވެ. " ރައްޔިތުން މިއަދު އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ. ސަރުކާރުން ލަސްނުކޮށް ކުރަންވީ ކަމަކީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭގޮތަށް ސިޔާސަތުތަކަށް ބަދަލު ގެނައުން." ރައީސް ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ. ރައީސް ސާލިހް ވަނީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވި އެމްޑީގެ ހުރިހާ މެންބަރުންނާއި އެމްޑީޕީއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
Advertisement
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;