ފުލުހުން ބުނީ ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ހާލު ދެރަވެގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 15:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމީހާއަށް އެރަށު ހެލްތު ސެންޓަރު ގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައިވާ ކަމަށާއި އެއީ 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެ މުއައްސަސާއިން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;