ads
ދެ ޕާޓީން ބާއްވާ ހިނގާލުމުގެ ތެރެއިން
ބޮޑު ދެ ޕާޓީގެ ހިނގާލުން، އެތައް ސަތޭކަ ބަޔަކު ބައިވެރިވި
މާދަމާ އޮންނަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026ގެ ކެމްޕެއިން ނިންމާލަން ބޮޑު ދެ ޕާޓިން ކުރިޔަށް ގެންދާ ހިންގާލުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެއްޖެއެވެ.
Advertisement

ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީ ދަނީ މާލޭގައި ބޮޑު ހިނގާލުން ބާއްވަމުންނެވެ. ދެ ޕާޓީންވެސް ހިނގާލުން ފަށާފައިވަނީ އާޓިފިޝަލް ބީޗުންނެވެ. 

your imageޕީއެންސީގެ ހިނގާލުމުގެ ތެރެއިން

ވެރިކަން ކުރާ ޕީއެންސީގެ ހިނގާލުން ކުރިޔަށްދަނީ އާޓިފިޝަލް ބީޗުން ފެށިގެން ބޮޑުތަކުރުފާނު މަގުން މާފަންނާއި ވީކޮޅަށެވެ. އިދިކޮޅު އެމްޑީޕީގެ ހިނގާލުން ކުރިޔަށްދަނީ އާޓިފިޝަލް ބީޗުން ފެށިގެން މަޖީދީމަގުން މާފަންނާއި ވީ ކޮޅަށެވެ.

މިއަދުގެ ހިނގާލުން ސުލްހަވެރިކަމާއެކު ކުރިއަށް ކުރިޔަށް  ގެންދިޔުމަށް ގިނަ އަދަދެއްގެ ފުލުހުން ދަނީ މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ. 

your imageއެމްޑީޕީގެ ހިނގާލުމުގެ ތެރެއިން

ޕީއެންސީގެ ހިނގާލުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުންނާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެޑައިގަންނަވައެވެ. އިދިކޮޅު އެމްޑީޕީގެ ހިންގާލުމުގައި ކުރޫގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް އަންނަނީ ބައިވެރިވެޑައިގަންނަވަމުންނެވެ. 

ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވޯޓުލުން އޮންނާނީ މާދަނާ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މިއަދު އިރުއޮއްސި 6 އިން ފެށިގެން ކެމްޕޭނުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.

މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، ޑަބްލިޔުޑީސީތަކަށް ވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިހާބު ކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;