ads
ޓްރަމްޕާއި ޕޭމް
އެޕްސްޓީންގެ މައްސަލަ ހޫނުވެ އެމެރިކާގެ އެޓާނީ ޖަނަރަލް ޕޭމް ބޮންޑީ މަގާމުން ވަކިކޮށްފި
ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ އެޓާނީ ޖެނެރަލް ޕޭމް ބޮންޑީ އެ މަގާމުން ވަކިކޮށްފި އެވެ.
Advertisement

އެޕްސްޓީންގެ މައްސަލައިގައި ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި، އެ މައްސަލައިގައި ހިމެނޭ މީހުންގެ ލިސްޓެއް އާންމުކުރައްވާނެ ކަމަށް ވިދާޅުވި ޕޭމް ފާހަގަ ކުރެވިފައިވަނީ ޓްރަމްޕްގެ ސަރުކާރުގެ ދިފާއުގައި ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އަދި ރައީސްގެ އަރިސް ބޭފުޅެއްގެ ގޮތުގައި އެވެ. 

ޝޯސަލް މީޑިޔާގައި ލިޔުން ޕޯސްޓެއްގައި ޓްރަމްޕް ބުނެފައިވަނީ ޕޭމް ދެން ބަދަލުވަނީ ޕްރައިވެޓް ސެކްޓަރުގެ ވަޒީފާ އަކަށް ކަމުގައި އެވެ. 

ޕޭމް މަގާމުން ވަކިކޮށް އެ މަގާމާ ދެން ހަވާލުވަނީ އޭނާގެ ކުރީގެ ނައިބު ޓޮޑް ބްލާންޗް އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ޓްރަމްޕްގެ ސަރުކާރުގައި އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު މިއަހަރު ތެރޭގައި ވަކި ކުރި ދެވަނަ ފަހަރު ކަމުގައި އެވެ. 

ޕޭމް އެޕްސްޓިން ފައިލްގެ ނަންތައް ހާމަ ކުރާނެ ކަމަށް ބުނި ނަމަވެސް ފަހުން ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވަނީ އެފަދަ ލިސްޓެއް ނެތް ކަމަށެވެ.

ޕޭމް މަގާމުން ވަކިކުރިކަން އިއުލާނު މިކުރީ، މީގެ ދެ މަހެއްހާ ދުވަސް ކުރިން ކޮންގްރެސްގައި ބޭއްވި އަޑުއެހުމެއްގައި މެންބަރުންނާ ދެމެދު ބޮޑެތި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވަނިކޮށެވެ.

އެ އަޑުއެހުމުގައި ޕޭމް ވަނީ ޑިމޮކްރެޓިކް ޕާޓީގެ މެންބަރަކާ ދިމާލަށް ހަޑިހުތުރު ބަހުން މުހާތަބުކޮށްފަ އެވެ. އޭގެ ފަހުންވެސް ޓްރަމްޕް ގެންދެވީ ޕޭމްގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ނަމަވެސް ކުއްލި ގޮތަކަށް އޭނާ މަގާމުން ވަކިކުރަން ނިންމެވުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.

އެޕްސްޓީންގެ މައްސަލައިގެ އެތައް މިލިއަން ލިޔެކިޔުންތަކެއް އާންމުކުރަން ޖެހުނީ ކޮންގްރެސްއިން ފާސްކުރި ގާނޫނެއްގެ ދަށުންނެވެ.

މި ލިޔެކިޔުންތައް އާންމުކުރުމުގައި އަމަލުކުރި ގޮތުން ބޮންޑީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ހާއްސަކޮށް އަނިޔާ ލިބުނު މީހުންގެ ވަކިވަކި މައުލޫމާތު ހާމަވެފައިވާއިރު، ކުށްވެރިވާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކޮށްފައިވާ ކަމަށް ބުނެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;