ads
އެމެރިކާ ސިފައިންގެ ވެރިޔާ، ޗީފް އޮފް ސްޓާފް ޖެނެރަލް ރޭންޑީ ޖޯޖް
އެމެރިކާގެ ސިފައިންގެ ވެރިޔާ އިސްތިއުފާ ދޭން އަންގައިފި
އެމެރިކާގެ ސިފައިންގެ ވެރިޔާ ޗީފް އޮފް ސްޓާފް ޖެނެރަލް ރޭންޑީ ޖޯޖް އިސްތިއުފާ ދޭން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަންގައިފި ކަމަށް އޮފިޝަލުން ހާމަކޮށްފި އެވެ.
Advertisement

މި ގޮތަށް އަންގަން ޖެހުން ސީދާ ސަބަބެއް އަދި ސާފު ވެފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި އެކަން އެގޮތަށް ކުރަން އަންގާފައިވަނީ  ހެގްސެތު ބޭނުންވަނީ ރައީސް ޓްރަމްޕްގެ ތަސައްވުރު ސިފައިންގެ ތެރޭގައި ތަންފީޒުކުރާނެ ބޭފުޅެއް ކަމަށް ވާތީ އެވެ. 

ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖެނެރަލް ޖޯޖް ވަގުތުން ރިޓަޔާ ކުރާނެ ކަމުގައި އެވެ.

މިއީ ޓްރަމްޕް މި ދައުރުގައި ވަކި ކުރެއްވި ފުރަތަމަ އަސްކަރީ އިސްއޮފިޝަލް ކަން ފާހަގަ ކޮށްލެވެ އެވެ. 

ގާތްގަނޑަކަށް 40 އަހަރު އަސްކަރިއްޔާގައި ހިދުމަތްކޮށްފައިވާ ޖެނެރަލް ޖޯޖް އަކީ އިރާގު އަދި އަފްގާނިސްތާނު ހަނގުރާމައިގައި ބައިވެރިވެފައިވާ ވަރަށް ތަޖުރިބާކާރު ވެރިއެއްކަމަށް އެމެރިކާގެ ނޫސްތަކުންވަނީ ބުނެފައި އެވެ. 

ރައީސް ޓްރަމްޕް ވަނީ މީގެ ކުރިން އަސްކަރިއްޔާގެ އެންމެ އިސް ރޭންކުގެ އެތައް އޮފިސަރުންނެއް މަގާމުން ވަކިކުރައްވައިފަ އެވެ.

މީގެ ތެރޭގައި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޗާލްސް "ސީ.ކިއު" ބްރައުން ވެސް ހިމެނެ އެވެ. 

މީގެ އިތުރުން ނޭވީ، ކޯސްޓް ގާޑް އަދި ނޭޝަނަލް ސެކިއުރިޓީ އެޖެންސީގެ ވެރިން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;